1 ޖުލައި 2021 - 08:16 2
މުހައްމަދު ވިޝާމް
ރަސޫލާ އަށް ފުރައްސާރަކުރުމާ ދެކޮޅަށް މީހަކު އަޑުއުފުލަނީ. --ފޮޓޯ: އަހުމަދު ޝުރާއު
1 ޖުލައި 2021 - 08:16 2
އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ހުށަހަޅާފައިވާ ބިލާ މެދު ހުރި ކަންބޮޑުވުންތައް ހައްލުކުރަން އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުން، އެ ބިލުގެ ނުރައްކާތެރިކަން އިތުރަށް ގޯސްވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅައިފަ އެވެ.
އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑެވެ. އިލްމުވެރިން ބުނަނީ އެ ބިލް އޮތްގޮތުން ދީނާދެކޮޅު ކަންތައްތަކަށް ފުރުސަތު ލިބޭ ކަމަށެވެ.
އެ ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ކޮމިޓީން ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލުމުން، ގިނަ ބަޔަކު ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.
"ބައެއް އިލްމުވެރިން އެބަ ބުނޭ ޗާޕުކޮށްފަ ހުންނަ ފައިސާއިން ޒަކާތް ދައްކާކަށް ނުޖެހޭނެއޭ. ދެން އެއް ބިލިއަން ޑޮލަރު ހުރި މީހަކު އެ ރައުޔުގައި ހިފައިގެން ޒަކާތް ދައްކަން މި ދެކޮޅު ހަދަނީ. މި ބިލު މި އޮތް ގޮތަށް ފާސްވެއްޖެނަމަ އަޅުގަނޑުމެންނަށް އެ މީހާއަށް ދިމާއަށް ނުބުނެވޭނެ ދީނުގެ އަސްލާ ހިލާފު މީހެކެވޭ ވެސް،" އަލީ ހުސެއިން ވިދާޅުވި އެވެ.
އެ ހިޔާލުތަކަށް ރިއާއަތްކޮށް، އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ބިލަށް ބޮޑެތި އިސްލާހުތައް ގެނެސްފަ އެވެ.
އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.
އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.
ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނާ މެދު ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ، ވަކި ރައުޔުއެއްގައި ވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނާގައި އާއްމު ތަނެއްގައި ސިފަ ކުރުން ނޫނީ ތުހުމަތުކުރުން.
އެކަމަކު އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހާމެދު ކޮމިޓީ މަރުހަލާގައި ވެސް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފާޅުގައި ދެކޮޅު ހެއްދެވި އެވެ.
އަލީ ހުސެއިން މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުނުވަނީ ވަރަށް މަދު ކަންތައްތަކެއްގަ އެވެ.
އަދި އެ މާއްދާ މިހާރު އޮތް ގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށްޓަކައި ކޮމިޓީގައި ވެސް ނެންގެވި މިސާލު މިއަދު ވެސް އޭނާ ތަކުރާރުކުރެއްވި އެވެ.
"ބައެއް އިލްމުވެރިން އެބަ ބުނޭ ޗާޕުކޮށްފަ ހުންނަ ފައިސާއިން ޒަކާތް ދައްކާކަށް ނުޖެހޭނެއޭ. ދެން އެއް ބިލިއަން ޑޮލަރު ހުރި މީހަކު އެ ރައުޔުގައި ހިފައިގެން ޒަކާތް ދައްކަން މި ދެކޮޅު ހަދަނީ. މި ބިލު މި އޮތް ގޮތަށް ފާސްވެއްޖެނަމަ އަޅުގަނޑުމެންނަށް އެ މީހާއަށް ދިމާއަށް ނުބުނެވޭނެ ދީނުގެ އަސްލާ ހިލާފު މީހެކެވޭ ވެސް،" އަލީ ހުސެއިން ވިދާޅުވި އެވެ.
ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އިސްލާމްދީނާއި ދައުލަތް ވަކިނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވާއިރު، އެ މާއްދާގެ ނިވަލުގައި ސެކިޔުލާ ވިސްނުން ރާއްޖޭގައި ފަތުރަން ވެސް މަގުފަހިވެގެންދާ ކަމަށް ވިދާޅުވި އެވެ.
"ނުބައި މާނަކުރުމެއްގެ ތެރެއިން ވިޔަސް ހަރުކަށި ފިކުރު ވެސް ބިނާކޮށްފައި މި އޮންނަނީ ކޮންމެވެސް އިލްމުވެރިއެއްގެ ބަހަށް. އެ ޒަމާނުގައި އޮތް ހާލަތުގެ މައްޗަށް މުޝްރިކުން ފެންނަތާކުން ގަތުލުކުރުމާއި ލޭ ހުއްދަވުން ފަދަ މުސްކުޅި ރައުޔުތަކަށް. މި ބިލުގައި އެހެން އޮތީމާ މި ބޭނުންކުރާނެ ހަރުކަށި ފިކުރުގެ ހިމާޔަތުގައި،" ޝަހީމް ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި، އޭނާ ހުށަހެޅުއްވި ގޮތަށް ޖިސްމާނީ އަނިޔާއެއް ނުވަތަ މުދަލަށް ގެއްލުމެއް ދިނުން ފަދަ ޖިނާއީ ކުށެއް ކުރުމުގެ ނިޔަތް ނުހިމަނައި، އެ މާއްދާގައި ބުނާ ކަމެއް ޖިނާއީ ކުށަކަށް ހެދުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް، އެ މާއްދާ މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ، އެކަމުން ހުޅުވޭ މާ ނުރައްކާތެރި ދޮރެއް ފާހަގަކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ޝަހީމް "އަދަދު"އަށް ވިދާޅުވީ އިސްލާމީ ފިގުހުގައި އުފެދިފަ ހުންނަ ކޮންމެ ހިލާފަކީ މުއުތަބަރު ހިލާފެއްނޫން ނަމަވެސް، އެ މާއްދާ އޮތް ގޮތުން އެ ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.
އެގޮތުން، ކީރިތި ގުރުއާނާއި ސައްހަ ހަދީސްތަކާ ހިލާފަށް ވެސް ބައެއް އިލްމުވެރިންގެ ރައުޔުތައް ހުންނައިރު، އޭގެ ރައުޔެއްގެ މައްޗަށް ބިނާކޮށް މީހަކު ކުރާ އަމަލެއް ނުވަތަ ބުނާ ބަހެއް ދީނާ ހިލާފު ކަމަށް ބުނުމުގެ ޖާގަ ގެއްލޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެއީ އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ބަޔާންކޮށްފައިނުވާތީ ލިއްބައިދޭނެ ޖާގައެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ބިލުގަ ބުނާ އިލްމުވެރިންނަކީ ކޮބައިތޯ؟ އެމްޑީޕީގެ އިލްމުވެރިންތޯ؟ ޝަހީމްތޯ؟ އިލްޔާސްތޯ؟ މުޖުތަހިދުން؟ ސުންނަތް ޖަމާއަތުގެ އިލްމުވެރިންތޯ؟" ޝަހީމް ސުވާލު ކުރެއްވި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް. --
އެ ނުކުތާއަށް ބާރު ދެއްވަން ޝަހީމް ނެންގެވީ މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އަންހެނުން ހިތާނު ކުރުމާމެދު އޮތް ހިޔާލުތަފާތުވުމެވެ.
އޭނާ ވިދާޅުވީ އަންހެނުން ހިތާނުކުރަންޖެހޭ ކަމަށް ވެސް ބުނަނީ އިސްލާމީ މަޒުހަބުތަކެއްގެ ރައުޔުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއާއެކު މި ބިލާ އެކު އެކަމަށް ދެކޮޅު ހެދުމުގެ ފުރުސަތު ވެސް ގެއްލިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިވެނި އަމަލަކީ ކުފުރުގެ އަމަލެއްކަމުގައި ބުނުމާއި ވަކި މީހަކު އައްޔަންކޮށް އޭނާއަކީ ކާފިރެއްކަމުގައި ބުނުމާ މިއީ ތަފާތު ދެކަމެއް. ވަކި މީހަކީ ކާފަރެއްކަމަށް ބުނުމަކީ ފަސޭހަގޮތަަކަށް އޮންނަ ކަމެއްނޫން،" ޝަހީމް ވިދާޅުވި އެވެ.
ނަމަވެސް، މި ބިލުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖޭގައި މިހާރު އޮތް ދީނީ ހަރުކަށި ފިކުރުގެ ފަރާތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަބަބަކީ ޝަހީމް ވިދާޅުވި ގޮތުގައި، ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށެވެ.
އެހެންކަމުން މި ބިލާއެކު ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނަށް ވެސް ހިމާޔަތްލިބޭ ކަމަށް ޝަހީމް އިންޒާރު ދެއްވި އެވެ.
"ނުބައި މާނަކުރުމެއްގެ ތެރެއިން ވިޔަސް ހަރުކަށި ފިކުރު ވެސް ބިނާކޮށްފައި މި އޮންނަނީ ކޮންމެވެސް އިލްމުވެރިއެއްގެ ބަހަށް. އެ ޒަމާނުގައި އޮތް ހާލަތުގެ މައްޗަށް މުޝްރިކުން ފެންނަތާކުން ގަތުލުކުރުމާއި ލޭ ހުއްދަވުން ފަދަ މުސްކުޅި ރައުޔުތަކަށް. މި ބިލުގައި އެހެން އޮތީމާ މި ބޭނުންކުރާނެ ހަރުކަށި ފިކުރުގެ ހިމާޔަތުގައި،" ޝަހީމް ވިދާޅުވި އެވެ.
އެގޮތުން، އިސްލާމްދީނާ ދެކޮޅު މީހުންނަށް ވުރެ، ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ޖާގަ ލިބިގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަނެއްކޮޅުން ކޮންމެ ހިލާފަކަށް ގާނޫނީ ހައިސިއްޔަތު ދިނުމުން ދަލީލުތަކުގެ މައްޗަށް ބިނާވެފައި ނުހުންނަ، އެކި މަޒުހަބުތަކުގެ ޝާއްޒު ރައުޔުތައް ފެތުރި، ދީނީ ގޮތުން ފިތުނަ އުފެދި، ގައުމު ބައިވައިވެދާނެ ކަމަށް ވިދާޅުވި އެވެ.
ދެން އެ ބިލާ ގުޅޭގޮތުން ހިތްހަމަނުޖެހުން އެންމެ ބޮޑު އެއް މާއްދާކަމަށްވާ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން ކޮމިޓީން ނިންމާފައިވާއިރު، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމުގެ އިތުރުން އެކަމުގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައިތައް ވެސް ވަނީ ވަރަށް ބޮޑަށް އިސްލާހުކޮށްފަ އެވެ.
މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އެމީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއް ކަމުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ ތުހުމަތުކުރުން.
އެ މާއްދާ އިސްލާހުކޮށްފައިވާ ގޮތާމެދު ވެސް ޝަހީމް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެގޮތުން، އިސްލާމްދީނުގައި މީހަކު އަދި ބުނާ ބުނުމަކަށް ނޫނީ ކުރާ އަމަލަކުން އޭނާ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ކަނޑަނޭޅޭނެކަމަށް ޝަހީމް ވިދާޅުވި އެވެ.
ކުފުރުގެ އަމަލެއް ނުވަތަ ބަހެއް މުސްލިމެއްގެ ކިބައިން ފާޅުވުމުން ޝަރުތުތަކަކަށް ނުބަލައި އޭނާ ކާފަރެއް ނުކުރެވޭނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"ބުނި ބަހެއް ނުވަތަ ކުރި ކަމެއްގެ ހަރާމްކަމުގެ ހުކުމް އެނާއަށް އެނގޭތޯ؟ އަމިއްލަ އިހުތިޔާރުގަތޯ؟ އެ ހާރާމްކަމެއް އޭނާ ހުއްދަކުރޭތޯ؟ އެކަމެއް ކުރީ ގަސްތުގައިތޯ؟" ކާފަރެއްގެ ގޮތުގައި ކަނޑައަޅަން ރިއާއަތްކުރަންޖެހޭ ހާލަތްތަކަށް އަލިއަޅުވާލައްވަމުން ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ޣައިރު މުސްލިމު މުޖުތަމައުއެއްގެ ތެރެއިން ބޮޑުވެގެން އަންނަ މީހަކު ވެސް އިސްލާމްދީނާ ހިލާފު އަމަލެއް ނޫނީ ބަހެއް ބުނުމަކީ އެ މީހާ ކާފަރެއްގެ ގޮތުގައި ބެލެވޭނެކަމެއް ނޫނެވެ.
އެހެންކަމުން، މީހަކު ބޭނުންހާ ގޮތަކަށް އަނެކާ މުރުތައްދެއް ނުކުރެވޭނެ ކަމަށާއި، އެއީ އިސްލާމީ އަގީދާގައި މީހަކަށް ލިބޭ ރައްކާތެރިކަން ވެސް ނިގުޅައިގަތުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިވެނި އަމަލަކީ ކުފުރުގެ އަމަލެއްކަމުގައި ބުނުމާއި ވަކި މީހަކު އައްޔަންކޮށް އޭނާއަކީ ކާފިރެއްކަމުގައި ބުނުމާ މިއީ ތަފާތު ދެކަމެއް. ވަކި މީހަކީ ކާފަރެއްކަމަށް ބުނުމަކީ ފަސޭހަގޮތަަކަށް އޮންނަ ކަމެއްނޫން،" ޝަހީމް ވިދާޅުވި އެވެ.
އޭގެ ދަށުން އަންނަ ބައެއް މާއްދާތަކަށް ވެސް ކޮމިޓީން ވަނީ ކުދިކުދި ބަދަލުތައް ގެނެސްފަ އެވެ.
އެގޮތުން، ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުމަށް ވަކިން އިން ބައި މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ މާއްދާ އެއްކޮށްލައި، ތަރުތީބަށާއި އިބާރާތްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ.
އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.
ނަމަވެސް، އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ ބަޔަށް އެއްވެސް ބަދަލެއް ނުގެނެސް މުޅި ބިލަށް ގެނައި އިސްލާހުތައް ކޮމިޓީގެ އަގުލަބިއްޔަތުން ރޭ ވަނީ ފާސްކޮށް އަނބުރާ ތަޅުމަށް ފޮނުވައިފަ އެވެ. އެ ބިލު ކޮމިޓީން ފާސްކުރަން ވޯޓު ނުދެއްވަނީ އަލީ ހުސެއިންގެ އިތުރުން ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ރިޒާ އެވެ.
ކުރިން ވާހަކަ ދެއްކެވި އަލީ ހުސެއިން ވިދާޅުވި ގޮތުގައި ބިލަށް ގެނައި އިސްލާހުތަކާއެކު ވެސް އެ ބިލަށް ތާއީދުކުރެވެން ނެތް ކަމަށެވެ. އަދި އެ ބިލު ފާސްކުރަން ތަޅުމުގައި ވެސް ވޯޓު ނުދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެ ބިލު ފުރަތަމަ ހުށަހެޅި ގޮތަށް ވުރެ ވެސް މިހާރު ވަނީ ގޯސްވެފަ އެވެ.
އެގޮތުން، މިހާރު ގެނެވިފައިވާ އިސްލާހުން ދީނަށް ފުރައްސާރަކުރުން އާއްމުވުމުގެ ބިރު އޮތްއިރު، ފުރަތަމަ މާއްދާގެ ދަށުން ދީނީ ހަރުކަށި ވިސްނުން އިތުރަށް ވަރުގަދަވުމަށް ޖާގަ ލިބޭ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވެސް ރާއްޖޭގަ ހުރި ގާނޫނުތަކުން ނަފްރަތު ހުއްޓުވޭ. އެގާނޫނުނުތައް ތަންފީޒުކުރަންވީ. ނަފްރަތު ހުއްޓުމަށް ގާނޫނެއް ހަދާ ނަމަ ހަދަންވީ ކުފުރާއި އަގީދާގެ ކަންކަން ނުހިމަނައި. ސަބަބަކީ އެއީ ގާނޫނަކުން ތަހުސީސްކުރެވޭ ވަރަށް ވުރެ ހާއްސާސްކަންކަމަށްވުން،" ޝަހީމް ވިދާޅުވި އެވެ.
އެހެންކަމުން ގާނޫނެއް ހަދާ ނަމަ ހަދަންޖެހޭނީ އެއިން މައްސަލަ ނުނިކުންނާނެހެން ރަނގަޅަށް ދިރާސާކޮށް ހަރުދަނާ ގޮތެއްގައި ކަމަށް ވިދާޅުވި އެވެ.
0.00%
25.00%
75.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޒިއުރިކުސަމީ
almost 4 years ago
ނަބިއްޔާގެ ދިފާއުގަ އިންސާނުން ނިކުންނާކަށް ނުޖެހޭ. އެއައްވުރެން ގުދުރަތީ ނިންމުންތައް ފުރިހަމަވާނެ. މާތްﷲއަށް ކޮންމެވެސް ވަރަކަށް ޝޭހުން އިތުބާރުކުރާނަމަ މިފަދަ ބިލެއްދެކެ ބިރުން ތެޅޭކަށް ނުޖެހުނީސް. އެކަލާންގެ އެއީ އިންސާނުންގެ ރައްކާތެރިކަން ބޭނުންވާފަރާތެއްނޫން.
އީވައްޓޭ
almost 4 years ago
ތިޔަ އިސްލާހުތައް ލިޔުނީ އިންތިޔާޒު. ދެން ތިޔަ އޮންނާނެ ގޮތް އެންމެނަށްވެސް އެނގެން ވާނެ
Comment