Advertisement

އިންތިހާބާ ދިމާކޮށް ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަންތަކެއް ދޭން ފަށައިފި

ޕްރޮސެކިއުޓާ ޖެނެރަލް، އައްބާސް ޝަރީފް --- ފޮޓޯ:


އިންތިހާބާ ދިމާކޮށް ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަންތަކެއް ދޭން ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަންތަކެއް ދޭން ފަށައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އާ ވާހަކަދެއްކި ޕީޖީ އޮފީހުގެ ބައެއް މުވައްޒަފުން ބުނީ މި ހަފުތާގެ ތެރޭގައި އެ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތަފުސީލެއް އޭނާ ނުދެ އެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިންތިހާބާ ދިމާކޮށް ޕްރޮމޯޝަން ދޭން ފަށާފައިވާއިރު، ފާއިތުވި 10 އަހަރު ވެސް އެ އޮފީހުގެ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް މިދިޔަ ފެބްރުއަރީ މަހު އެ މުވައްޒަފުން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަަހަރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިންޓާނަލް ވަޒީފާގެ ކުރިއެރުމާ ގުޅޭ އުސޫލު އުވާލި ފަހުން އެ މުވައްޒަފުންނަށް ހައްގުވާ ކުރިއެރުމެއް ނުލިބެ އެވެ.

އެއީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ އުސޫލަކަށްވީ ނަމަވެސް އެ އުސޫލު މިހާތަނަށް ވެސް އެކުލަވާލާފައި ނުވެ އެވެ.

މަސައްކަތުގެ ދާއިރާގެ ގޮތުން އެކި އިންޒާރުތަކާއި ނުރައްކަލާއި ވެސް ޕްރޮސެކިއުޓަރުން ކުރިމަތިލާން ޖެހޭ ކަމަަށާއި ނަމަވެސް ލިބެނީ މިނިސްޓްރީތަކުގެ ވަކީލުންނާއި އޭޖީ އޮފީހުގެ ވަކީލުންނަށް ލިބޭ މުސާރައަށް ވުރެ ވެސް ކުޑަ މުސާރައެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.