Advertisement

ހުލާސާކޮށް އިއްޔެ: ހިޔާ ފްލެޓުގެ ވައުދު ފުއްދި ގޮތް، އެޗްޑީސީގެ ހިޔާނާތް އަދި މޭޔަރުންގެ ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން ނުދެވުން

about 2 hours 0

ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ހިޔާ ފްލެޓުގެ ވައުދު ފުއްދި ގޮތް، އެޗްޑީސީގެ ހިޔާނާތް އަދި މޭޔަރުންގެ ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން ނުދެވުން

about 2 hours 0

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ކޮންޓްރޯލްކުރާ މޭޔަރުންގެ ގޮނޑިތައް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކާމިޔާބުކުރެވޭނެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒުއަށް އިއްޔެ ނުދެއްވުނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބުގައި އަދި ވަކިން ހާއްސަކޮށް މޭޔަރުންގެ އިންތިހާބުގައި ސަރުކާރުގެ އަންދާޒާއާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ވަކި ރަށަކުން ނުވަތަ ސިޓީއަކުން ވޯޓު ދޭނެ ގޮތެއް ނޭނގޭ ކަމަށެވެ.

"ސީދާ ޕަސެންޓެއް ނޫން. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ވަރަށް ޔަގީންކަމެއް އެބައޮތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިފަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ތާއީދު ދެއްވާނެ ކަމަށް. ދެން މިވެނި ރަށެއް މިވެނި ގޮތަކަށް، މިވެނި ސިޓީއެއް މިވެނި ގޮތަކަށް ނޫނިއްޔާ ރައްޔިތުން ވޯޓު ދެއްވާނެ ކަމަށް ޕްރިޑިކްޓް ކުރާކަށް އަޅުގަނޑު މިތާ ދަންނަވާކަށް ނެތިން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރަނީ ހަމަ ވަރަށް ރަނގަޅަށް ވާހަކައަކީ އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލަައްވާފައި ތިބި ކެންޑިޑޭޓުން ހޮވުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް އުންމީދުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕީއެންސީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ވެގެންދާނީ އެމަނިކުފާނުވެފައި ހުރި ވައުދުތައް ފުއްދުމުގައި އަދި ރަށްތަކަށް ބޭނުންވާ ކަންކަން ކުރުމުގައި އެއްބާރުލުން ދޭނެ ބަޔަކަށް ކަމަށެވެ.

މުހިއްމު ބައެއް ހަބަރު