Advertisement

ޑި ބްރޭނާގެ އަމާޒަކީ 2028 ގެ ޔޫރޯގައި ވެސް ކުޅުން

about 2 hours 0


ޑި ބްރޭނާގެ އަމާޒަކީ 2028 ގެ ޔޫރޯގައި ވެސް ކުޅުން

about 2 hours 0

އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 29) - މި އަހަރު އެެމެރިކާ، ކެނަޑާ އަަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ފަހު ބެލްޖިއަމް ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އަމާޒަކީ 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ކުޅުން ކަމުގައި ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ބުނެފި އެވެ.

މި ވަގުތު އެމެރިކާގެ ކޭމްޕެއްގައި ތިބި ބެލްޖިއަމް ޓީމުގެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން، އުމުރުން 34 އަހަރުގެ ޑި ބްރޭނާ ބުނީ އަނިޔާއިން ރަނގަޅުވެ، ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ފެށިއިރު، ޓީމުގެ ހާލަތު އޮތީ ވަރަށް ރަނގަޅަށް ކަމަށެެވެ. އަދި، ޓީމާ އެކު، ފަރިތަކުރުންތައް ކުރިއަށްގެންދާތާ ހަތަރު ވަރަަކަށް ހަފްތާ އަކަށް ވުރެން ގިނަ ދުވަސް ވެފައިވާ ކަަމަށާއި މިހާރު ވެސް ތަފާތު ފެންނަ ކަމަށް ޑި ބްރޭނާ ވަނީ ބުނެފަ އެވެ.

މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަމުން، ޑި ބްރޭނާ ބުނީ، މި ފަހުން އަނިޔާގެ ސަބަބުން ބެލްޖިއަމްގެ ގިނަ މެޗުތަކުގައި ނުކުޅެވުނަސް ޓީމަށް ކުޅެން ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފަން ބޭނުންވާ ކަމަށެވެ.

"އަހަރެންގެ ވިސްނުމެއް ނެތް ވޯލްޑް ކަަޕަށް ފަހު ގައުމީ ޓީމުން ދުރަށްދާކަށް. އަަހަރެން އެ އަށް ވުރެން ކުރިއަށް ދާން ވިސްނަނީ. އަހަރެން މި ފޯމުގައި ކުޅެވޭހާ ހިނދަކު ކުރިއަށްދާނަން (ގައުމީ ޓީމާ އެކު). ދެން އޮތް ޔޫރޯގައި ވެސް ކުޅުމަކީ އަމާޒެއް،" ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ އެންމެ ފުރަތަމަ ބެލްޖިއަމަށް ކުޅެފައިވާ ބޮޑު މުބާރާތަކީ، 2014 ވަނަ އަހަަރުގެ ފީފާ ވޯލްޑް ކަޕް، 2016 ގެ ޔޫރޯ، 2018 ގެ ވޯލްޑް ކަޕް، 2020 ގެ ޔޫރޯ އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2024 ވަނަ އަހަރުގެ ޔޫރޯގައި ކުޅެފަ އެވެ.