Advertisement

ދުޝްމަނުން އިރާނުގެ ރަށަކަށް އަރައިފިނަމަ ސަރަހައްދީ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

about 1 hour 0

އިރާނުގެ ޚާރްޖު އައިލެންޑް


ދުޝްމަނުން އިރާނުގެ ރަށަކަށް އަރައިފިނަމަ ސަރަހައްދީ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

about 1 hour 0

އިރާނުގެ ދުޝްމަނުން އެ ގައުމުގެ ރަށެއް ހިފުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެފަދަ ކަމަކަށް ސަރަހައްދީ އެއްވެސް ގައުމަކުން އެހީތެރިވެއްޖެނަމަ އެ ގައުމެއްގެ މުހިންމު ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އީރާނުން އިންޒާރު ދީފި އެވެ.

އިރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ބުދަ ދުވަހު ވިދާޅުވީ، އިރާނުގެ ސަރަހައްދަކަށް އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވާ ގައުމުތަކުގެ މުހިންމު ބިނާތަކަށް އަމާޒުކޮށް މެދުކެނޑުމެއް ނެތް ހަމަލާތަކެއް ދޭނެ ކަމަށެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އޭނާ ވިދާޅުވީ އީރާނުގެ ސިފައިން ދަނީ ދުޝްމަނުންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ކަމަށެވެ.

އަލްޖަޒީރާއިން ބުނާ ގޮތުން، އެމެރިކާގެ ލޯ އަމާޒުވެފައިވަނީ އިރާނުގެ ތެލުގެ މުހިންމު މަރުކަޒެއް ކަމަށްވާ ޚާރްޖު އައިލެންޑަށެވެ. އެއީ އިރާނުގެ ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓްކުރާ ތަނެވެ.

މި އިންޒާރުތައް އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާއެކު ސުލުހައިގެ ވާހަކަތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިރާނުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ހަމައެއާއެކު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވަނީ އިރާނުން ބަލި ގަބޫލުކުރަންޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އެމެރިކާއިން މިހާރު ދަނީ ގަލްފް ސަރަހައްދަށް އެތައް ހާސް ސިފައިންނާއި މަރުކަޒީ މަތިންދާ ބޯޓުތައް ފޮނުވަމުންނެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ގާލީބާފް އިޝާރާތް ކުރެއްވީ އެމެރިކާއަށް އެހީތެރިވެދާނެ ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.