Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބަޔާންދިން ހަނީފަށް އެ ކޯޓުގެ ލީގަލް ކައުންސެލްކަން ދީފި

about 1 hour 0


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބަޔާންދިން ހަނީފަށް އެ ކޯޓުގެ ލީގަލް ކައުންސެލްކަން ދީފި

about 1 hour 0

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދިން، ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފުއަށް އެންމެ މަތީ ކޯޓުގެ ވަޒީފާއެއް ދީފައިވާކަން އެނގިއްޖެ އެވެ.

ހަނީފު އައްޔަނުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ލީގަލް ރިސޯސް ސެކްޝަނުގެ ލީގަލް ކައުންސެލްގެ މަގާމަށްކަން އަދަދު ނޫހަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހަނީފް ހުންނެވިއިރު، މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް އޭނާ ދެކޮޅު ހަދައިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި މައްސަލައިގަ އެވެ.

އެ ދުވަސްވަރު ހަނީފުއަށް ފެނަކައިން މަތީ މަގާމެއް ދޭން ސަރުކާރުން ނިންމި އެވެ. ފެނަކައިން ހަނީފްއަށް ވަޒީފާ ދޭން ނިންމާފައިވާކަން އެ ކުންފުނީގެ އޮފިޝަލެއް ވެސް އަދަދު އަށް މީގެކުރިން ކަށަވަރުކޮށްދިނެވެ. ނަމަވެސް އޭނާ އެ ވަޒީފާ އަދާކުރަން ފެށިކަމެއް ޔަގީނެއް ނުކުރެވެ އެވެ.

އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހަނީފް ހާޒިރު ކުރިކަން އަދަދު ނޫހުން މީގެ ކުރިން ރިޕޯޓުކޮށްފައިވާނެ އެވެ. އެނގިފައިވާ ގޮތުގައި އެއީ ފަނޑިޔާރުންގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމި ކޮމިޓީއަށާއި މައްސަލައިގެ ތަހުގީގަށެވެ.

މައްސަލައިގެ ތަހުގީގުގައި ހަނީފް ދެއްވި ބަޔާނުގައި ތިން ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދެއްވި ކަމަށް އެނގިފައިވެ އެވެ.

ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު ސުއޫދު އިސްތިއުފާ ދެއްވިއިރު މަހާޒު އާއި އަޒްމިރަލްދާ ވަކިކުރީ އިތުރު އެހެން މައްސަލައެއްގަ އެވެ.