about 1 hour 0
ޕާކިސްތާންގެ ކޯޗު ޝެހެޒާދު އަންވަރު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 1 hour 0
ސާފް 20 އަހަރުން ދަށުގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އާއި ރަނަރަޕް، ބަންގްލަދޭޝާ އެއް ގްރޫޕެއްގައި އޮތް ނަމަވެސް އެ ދެ ޓީމަށް ރަނގަޅު ޗެލެންޖެއް ދެވޭނެ ކަމަށް ޕާކިސްތާންގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު، ޝަހުޒާދު އަންވަރު ބުނެފި އެވެ.
އިންޑިއާ އިން މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގެ ތިން ޓީމު ހިމެނޭ ގްރޫޕް ބީގައި، އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން އޮތީ ޕާކިސްތާން އެވެ.
މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަހުޒާދު ބުނެފައިވަނީ ރޯދަ މަހުގެ ތިން ހަފްތާ ތެރޭގައި ފަރިތަކުރުމަށްޓަކައި، އުނދަގޫ ހާލަތްތަކެއް ކުރިމަތިވިޔަސް ޓްރެއިިިނިން ކުރިއަށްގެންދެވުނު ކަމަށެވެ. އަދި، 20 އަަހަރުން ދަށުގެ ޓީމު ނެގުމުގައި ބެލީ ޕާކިސްތާންގެ ނެޝަނަލް ޗެލެންޖު ކަޕަށް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ޓްރެއިނިންގައި ފެނުނު ކަންކަމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޝަހުޒާދު ވަނީ ފާހަގަކޮށްފަ އެވެ.
"ގްރޫޕް ބީގައި އަހަރެމެން މި އޮތީ އެންމެ ވަރުގަދަ ދެ ޓީމު، ބަންގްލަދޭޝް އާއި އިންޑިއާއާ އެކުގައި. ފުރިހަަމަ އަށް އިހުތިރާމް ކުރަން އެމީހުންގެ ކޮލިޓީ އާއި އެކްސްޕީރިއަންސަށް. އަހަރެމެންނަށް އެބައޮތް އަހަރެމެންގެ ފެންވަރާއި ތައްޔާރީތަކާ މެދު ފުރިހަމަ އިތުބާރު. އުންމީދަކީ އިންޑިއާ އާއި ބަންގްލަދޭޝް ކައިރީގައި ރަނގަޅު ނަތީޖާތަކެއް ނެރުން،" މުބާރާތާ މެދު ކުރެވޭ އުންމީދާ ގުޅޭގޮތުން ޝަހުޒާދު ބުންޏެވެ.
މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު، ޕާކިސްތާން ފުޓްބޯޅައިގައި ގިނަ މައްސަލަތަކެއް ކުރިމަތިވެ، އެކި ފަހަރުތައް މަތިން ފީފާގެ ސަސްޕެންޝަނާ ވެސް ކުރިމަތިލާން ޖެހުނެވެ. ޝަހުޒާދު ބުނ،ީ "އެ ކްރައިސިސް" ތައް ދިމާވީ ތަފާތު އެކި ހާލަތްތަކުގެ ސަބަބުން ކަމަށާއި އޭގެ އަސަރު ފުޓްބޯޅަ ކުޅުންތެރިންނާ ހަމައަށް ފޯރުނަނުދޭން ކުރެވުނު މަސައްކަތުން ގިނަ ކަންކަން ރަނގަޅަށް ދިޔަ ކަމަށެވެ.
"ޔޫތު ލެވަލްގައި ޕާކިސްތާނުން ވަރަށް ރަނގަޅު ނަތީޖާ ނެރޭ. ދާދި ފަހުން ޕާކިސްތާން ވިމެންސް ޓީމު ކުޅުނު ސާފް ސެމީ ފައިނަލުގައި. ދެން، އޭއެފްސީ ކޮލިފައިންގައި ވެސް ރަނގަޅު ނަތީޖާ ނެރެ ދެ ވަނައިގައި އޮތް. ދެން، 2023 ވަނަ އަހަރުގެ 17 އަހަރުން ދަށުގެ ސާފް މުބާރާތުގެ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު، އަހަންނަށް ފެންނަ ގޮތުގައި، މި ކްރައިސިސް އޮތަސް، ޑޮމެސްޓިކް ފުޓްބޯޅައިގައި އަހަރެމެންނަށް ޔޫތު ލެވަލްގައި މަސައްކަތް ކުރެވޭ،" ޝަހުޒާދު ބުންޏެވެ.
ސާފް ސަރަަހައްދުގައި މިހާރު ޓީމުތައް އަޅާކިޔާނަމަ މާ ބޮޑު ފަރަގެއް ފެންނަން ނެތް ކަމަށާއި މި ފަރަގު ކުޑަކުރަން މުބާރާތްތަކުގައި ޓީމުތައް ކުރާ މަސައްކަތް ރަނގަޅުކަން ޝަހުޒާދު ފާހަގަކުރި އެވެ.
އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން އޮގަސްޓް މަހު އޮތްއިރު، ޓީމުތަކަށް މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ސަބަބުން، ކޮލިފައިންގައި ކުޅޭއިރު، ސާފްގެ ޓީމުތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޝަހުޒާދު ދެކެ އެވެ.
ޕާކިސްތާނުން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު 15:45 ގައި ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.
Comment