Advertisement

ގަވިން ރޯދަ ޕްރޮމޯޝަން: ޗުއްޓީ ދަތުރު ހޯދުމުގެ ފުރުސަތު މި ހަފްތާގައި ހަމަވާނެ


ގަވިން ރޯދަ ޕްރޮމޯޝަން: ޗުއްޓީ ދަތުރު ހޯދުމުގެ ފުރުސަތު މި ހަފްތާގައި ހަމަވާނެ

ގޭތެރޭގެ އިންޓީރިއާ މަސައްކަތުގައި މަގުބޫލުކަން ހޯދާފައިވާ ގަވިން ރޯދަ ޕްރޮމޯޝަންގެ ދަށުން ޗުއްޓީ ދަތުރު ހޯދުމުގެ ފުރުސަތު މި ހަފްތާގެ ނިޔަލަށް ހަމަވާނެ ކަމަށް ބުނެފި އެވެ.

ޕްރޮމޯޝަންގެ ދަށުން ނަސީބުވެރިޔަކަށް ހޮވޭ ފަރާތަކަށް ހއ. ހޯރަފުށީގެ އަރާއިކް ބީޗް ވިލެޖުގައި ފަސް މީހަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބެ އެވެ. ޗުއްޓީ ހޭދަކޮށްލުމަށް މޯލްޑިވިއަން މެދުވެރިކޮށް ފަސް މީހުންގެ ދެކޮޅު ޓިކެޓު ވެސް ނަސީބުވެރިޔާއަށް ލިބެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ގަވިންގެ ކޮންމެ ފިހާރައަކުން ވިޔަސް 1،000ރ. ގެ ވިޔަފާރިއެއް ކޮށްލައިގެން ބައިވެރިވެވެ އެވެ.

އަރާއިކް ބީޗް ވިލެޖަކީ ހިތްފަސޭހަ ޕްރައިވެޓް ބީޗަކާއެކު މިފަހުން ހުޅުވި ގެސްޓްހައުސްއެކެވެ.

ގަވިން ފިހާރައަށް ކުރިއަށް އޮތް އެޕްރީލް މަހު އައު މުދާ ލިބޭނެކަމުގެ އުފާވެެރި ހަބަރުވެސް އެ ފިހާރައިން ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ. ރޯދަ މަސް ނިމުމުން ގަވިން ފިހާރަ ހުޅުވާފައި ހުންނާނީ ހެދނުނު 09:00 އިން ރޭގަނޑު 23:00 އަށެވެ.

ކަސްޓަމައިޒް ފަރުނީޗަރާއި، ބަދިގެ ހެދުމާއި ގޭތެރޭގެ އިންޓީރިއާއަށް ބޭނުންވާ ވޯލް ޕެނަލް، ގްރެނައިޓް، ފިލާ، ހާޑްވެއާ ސާމާނު، އުނދުން، ހުޑް، މައިކްރޯވޭވްފަދަ ހުރިހާ ސާމާނެއް ގަވިންގެ ފިހާރަތަކުން ލިބެން ހުރެ އެވެ.

ގަވިންގެ ފިހާރަތައް މާލޭގައި ހުންނަނީ ބޮޑުތަކުރުފާނު މަގު އަދި މަޖީދީ މަގުގައި ހުރެ އެވެ. އޭގެއިތުރުން ހުޅުމާލެ ފޭސް 1، ރީތިގަސް މަގުގައި ވެސް ގަވިންގެ ފިހާރައެއް ހުރެ އެވެ.