Advertisement

100 ޕަސެންޓް ފިޓްނަމަ ނޭމާ ވޯލްޑް ކަޕުން ފެންނާނެ: އަންޗެލޮޓީ

about 2 hours 0


100 ޕަސެންޓް ފިޓްނަމަ ނޭމާ ވޯލްޑް ކަޕުން ފެންނާނެ: އަންޗެލޮޓީ

about 2 hours 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗް 17) - ބްރެޒިލްގެ ތަރި، ނޭމާ، 100 ޕަސެންޓް ފިޓްކޮށް ހުރެފިނަަމަ، އަންނަ ޖޫން/ޖުލައި ގައި މެކްސިކޯ، އެމެރިކާ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ބްރެޒިލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ، ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި ފަހުން، ނޭމާ، 34، އަދި ބްރެޒިލް ގައުމީ ޓީމަށް މެޗެއް ކުޅެފައިނުވެ އެވެ. ބްރެޒިލުން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ ދެ މެޗަށް، ފްރާންސާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައި ނޭމާ ހިމަނާފައިވަނިކޮށް، އަނިޔާއާ ހެދި ޖެހުނީ ބާކީ ކުރާށެވެ.

އެކަމަކު، އަންޗެލޮޓީ ވަނީ، ނޭމާ އަށް ވޯލްޑް ކަޕްގެ ދޮރު ބަންދުނުވާ ކަމަށް ބުނެފަ އެވެ.

"ނޭމާ އަށް ވޯލްޑް ކަޕަށް ދެވޭނެ 100 ޕަސެންޓް ފިޓްކޮށް އޭނާގެ ފޯމުގައި ހުރެފިނަމަ، އަހަރެން މި ފަހަރު ވެސް ނޭމާ ނުނެގީ 100 ޕަސެންޓްގައި ނެތީމަ،" އަންޗެލޮޓީ ބުންޏެވެ.

"އަހަރެމެން ބޭނުމީ އެންމެ ރަނގަޅު ފޯމުގައި ތިބި ކުޅުންތެރިންނާ އެކު މެޗުތަކުގައި ނުުކުންނަން. ނޭމާ އެބަޖެހޭ މަސައްކަތްކޮށްގެން މެޗުތަކުގައި ރަނގަޅަށް ކުޅެން. އޭނަގެ ފެންވަރު ރަނގަޅަށް ދައްކާލަން، އެންމެ ރަނގަޅު ފިޒިކަލް ކޮންޑިޝަންގައި ހުންނަން،"

ބްރެޒިލް ގައުމީ ޓީމަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެންމެ ފަހުން ކުޅުނު ނޭމާ އަކީ އެ ޓީމަށް ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.