Advertisement

ސިންގަޕޫރަށް ދެ ވަނަ މެޗުން މޮޅެއް، ރާއްޖޭގެ ފޯކަސް ކުރިއަށް

about 2 hours 0


ސިންގަޕޫރަށް ދެ ވަނަ މެޗުން މޮޅެއް، ރާއްޖޭގެ ފޯކަސް ކުރިއަށް

about 2 hours 0

ސިންގަޕޫރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން އަންނަ ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި މިއަދު، ރާއްޖެ އަތުން 6-2 އިން ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމު މޮޅުވެއްޖެ އެވެ.

މި މަހު ހަ ވަނަ ދުވަހުން ފެށިގެން ސިންގަޕޫރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން އަންނަ ރާއްޖޭން މީގެ ތިން ދުވަސް ކުރިން ސިންގަޕޫރާ ކުޅުނު މެޗުން 4-3 އިން މޮޅުވި އެވެ. ދެ ވަަނަ މެޗުގައި، ސިންގަޕޫރުން 2-1 އިން ފުރަތަމަ ހާފުގައި ލީޑުކޮށް، ދެ ވަނަ ހާފުގައި ފަރަގު ބޮޑުކޮށް މޮޅުވީ އެ ޓީމުގެ ހަރިތު ދާނިޝްގެ ހެޓްރިކާ އެކު އެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު، އިސްޓަވާން އުރްބާނީ އަށް ފުރަތަމަ މެޗުގައި ރަތް ކާޑެއް ދެއްކުމުން، މިއަދުގެ މެޗުގައި ބެންޗުން ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. ރާއްޖެ އަށް މި މެޗުގައި ލަނޑުތައް ޖަހައިިދިނީ، ނައްސާހު އިބްރާހިމް ނާސިރު އާއި އަނޫފް އަބްދުﷲ އެވެ.

ވިހި އަހަރުން ދަށުގެ ގައުމީ ޓީމުން ފަރިތަކުރަމުން އަންނަނީ މި މަހު މާލޭގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަށެެވެ. ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް އޮތީ މި މަހުގެ 22 އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ގަލޮޅު ދަނޑުގަ އެވެ.

ސިންގަޕޫރުގެ ކޭމްޕް ދިއުމުގެ ކުރިން، 20 އަހަރުން ދަށުގެ ޓީމު މާލޭގައި މެޗުތަކެއް ކުޅެފައިވެ އެވެ.

އުރްބާނީ ބުނީ މީގެއިން ކޮންމެ މެޗެއްގެ މުހިންމުކަން ވެސް ވަރަށް ބޮޑު ކަމަށާއި ޕްރެކްޓިހުން ލިބޭނީ ކުޅޭނެ ގޮތުގެ އިރުޝާދުތައް ކަމަށާއި މެޗުތަކުގައި ފެންނާނީ އެކަން ބޭނުންކުރުމުގެ އަސްލު މަންޒަރުތައް ކަމަށެވެ.

"ކުރިން ވެސް ބުނިހެން މި ކުޅުންތެރިން ނެތް ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައެއް. އެހެންވީމަ، އެކުވެރިކަމުގެ ކޮންމެ މެޗެއް ވެސް މި ވަނީ ލިިބިގެންދާ ވަރަށް ބޮޑު ފުރުސަތަކަށް ކަންކަން ދަސްކުރަން. މާލޭގައި ކުޅުނު މެޗުތަކުން އަހަރެމެންނަށް ފުރުސަތު ލިބުނު ކުޅުންތެރިންނަށް ދަސްކޮށްދެން އަހަރެމެން އެ މީހުންގެ ކިބައިން ބޭނުންވަނީ ކޮން ކަމެއްތޯ،" އުރްބާނީ ބުންޏެވެ.

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. ފުރަތަމަ މެޗުގައި މި މަހު 23 ވަނަ ދުވަހުގެރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، މި މަހު 25 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މި މަހު 27 ވަަނަ ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ.