Advertisement

ވާވެލާވެލި ފަލަސް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ސީ ގިއަރ އިން ފަށަނީ

ސީ ގިއަރ އިން މިދިޔަ އަހަރު ބޭއްވި ވާވެލާވެލި ފަލަސްކުރަން ދަސްކޮށްދޭ ޕްރޮގްރާމެއްގެ ތެރެއިން


ވާވެލާވެލި ފަލަސް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ސީ ގިއަރ އިން ފަށަނީ

ކަނޑުއުޅަނދުފަހަރުގައި ބޭނުންކުރާ ވަލުގައި ގޮށްޖެހުމުގެ ބަދަލުގައި، ވާވެލާވެލި ފަލަސްކުރަން (އެއް ވާ، އަނެއް ވަލާ ގަތައިލުމަށް) ދަސްކޮށްދިނުމުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވަން ސީ ގިއަރ އިން ނިންމައިފި އެވެ.

މަޝްހޫރު ރޯޕް ބްރޭންޑެއް ކަމަށްވާ، ރޯބްލައިން އާއި ސީ ގިއަރ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް އޮންނާނީ މި މަހުގެ 24 ގަ އެވެ. މިދިޔަ އަހަރު ވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިޔަ އެވެ.

އެއް ދުވަހުގެ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދޭނީ ވަލުގެ ބާވަތްތަކާއި، އާދައިގެ ވާވެލާ ވެލި ފަލަސްކުރާނެ ގޮތްތަކާއި ޒަމާނީ ޔޮޓް ފަދަ އުޅަނދުފަހަރުގައި ބޭނުންކުރާ ހާއްސަ ވާވެލާވެލި ފަލަސް ކުރާނެ އުކުޅުތަކެވެ.

ސީ ގިއަރއިން ބުނި ގޮތުގައި މިއީ އަމަލީ ގޮތުން މަސައްކަތް ދަސްކޮށްދޭ ސެޝަންތަކެކެވެ.

"މި ޕްރޮގްރާމަކީ ޔޮޓްތަކާއި، ސަފާރީތަކާއި އަދި ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ހުނަރެއް ދަސްވެގެންދާނެ ފުރުސަތެއް،" ސީ ގިއަރގެ މެނޭޖަރު ބުންޏެވެ.

މި ޓްރެއިނިންގައި ބައިވެރިވުމަށް ޖާގަ ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށްވާތީ، ވީހާވެސް އަވަހަކަށް ރެޖިސްޓްރީ ވުމަށް ސީ ގިއަރ އިން އެދެ އެވެ.

--

  • ވާވެލާވެލި: އޮޑިދޯނި ފަހަރުގައި ގެންގުޅޭ ވަލުގެ ހުރިހާ ބާވަތެއް
  • ފަލަސްކުރުން: ދެވަލުގެ ދެކޮޅު ނުވަތަ ވަލެއްގެ ދެކޮޅު ގުޅުވުމަށްޓަކައި ދެކޮޅުގެ އުޅިތައް ނިއުޅައިލައި އެއްކޮޅުގެ އުޅިތައް އަނެއް ކޮޅުގެ ތެރެއަށް ލައްވައިގެން ގަތައިލުން. މިހެން ހަދަނީ ގޮށްނުޖަހައި ގޮށެއްގެ ބާރު ގެނައުމަށް