Advertisement

ހުލާސާކޮށް އިއްޔެ: ރެފަރެންޑަމް ވޯޓު ހުއްޓުވަން އެމްޑީޕީން ކޯޓަށް ދިޔުން


ހުލާސާކޮށް އިއްޔެ: ރެފަރެންޑަމް ވޯޓު ހުއްޓުވަން އެމްޑީޕީން ކޯޓަށް ދިޔުން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓު ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމުގެ މައްސަލަ އިއްޔެ އިދިކޮޅު އެމްޑީޕީން ވަނީ އިއްޔެ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެމްޑީޕީން ކޯޓަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދައުވާއާ އެކީ، މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.

ރެފަރެންޑަމް ވޯޓާ ދެކޮޅަށް ރަސްމީ ހަރަކާތެއް އިއުލާންކޮށްފައިވާ އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރެފަރެންޑަމް ވޯޓު ނަގަން މުއިއްޒު ނެރުއްވި ގަރާރާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގާނޫނަށް ގެނެވުނު ބަދަލު ވެސް ގާނޫނާ ހިލާފެވެ.

ރެފަރެންޑަމް ވޯޓާ ދެކޮޅު މަސައްކަތުގެ ދަށުން އެމްޑީޕީން ވަނީ އަންނަ މަހުގެ 21 ގައި، މުޒާހަރާއެއް ވެސް ބާއްވާނެ ކަން އިއުލާންކޮށްފަ އެވެ. އެ ޕާޓީން ބުނީ މިއީ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ހޯދުމަށް ޓަކައި ބާއްވާ މުޒާހަރާއެއް ކަމަށެވެ.

ދެ އިންތިހަބު އެއްކޮށްލުމާ ދެކޮޅަށް މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތަކެއް ވެސް އެމްޑީޕީން ކުރިއަށްގެންދާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މުހިއްމު ބައެއް ހަބަރު