Advertisement

މި ރޯދަ މަހުގެ ފަހު ދިހައެއްގައި ވެސް ސަރުކާރު ބަންދުވާނެކަން އިއުލާނުކޮށްފި

about 2 hours 0

ރައީސް އޮފީސް


މި ރޯދަ މަހުގެ ފަހު ދިހައެއްގައި ވެސް ސަރުކާރު ބަންދުވާނެކަން އިއުލާނުކޮށްފި

about 2 hours 0

މި ހިނގާ ރޯދަ މަހުގެ ފަހު ދިހައެއްގައި ވެސް ސަރުކާރު ބަންދުވާނެ ކަން މިއަދު އިއުލާނުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ އަންނަ މާޗް 9، އިން ފެށިގެން މާޗް 18، އާ ހަމައަށް ސަރުކާރު ބަންދުވާނެ ކަމަށެވެ.

ރޯދަ މަހުގެ ފަހު ދިހައެއް ބަންދު ކުރަން ފެށީ 2024 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން މިއީ ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދު ކުރާ ތިން ވަނަ އަހަރެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނުގައި ބުނީ ސަރުކާރު ބަންދުވި ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެކި އިދާރާތަކުން އެކަށީގެންވާ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

"ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފަ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.