Advertisement

ބާޒާރުގައި އޮރެންޖެއްގެ އަގު 15ރ. އަށް އުފުލިއްޖެ


ބާޒާރުގައި އޮރެންޖެއްގެ އަގު 15ރ. އަށް އުފުލިއްޖެ

މާލޭ ލޯކަލް މާރުކޭޓުގައި އޮރެންޖެއްގެ އަގު 15ރ. އަށް މިއަދު އުފުލިއްޖެ އެވެ.

ރޯދަ މަސް ފެށުނުއިރު އޮރެންޖެއްގެ އަގު ހުރީ 10ރ. ގަ އެވެ. ރޯދަ މަސް ފެށުމުގެ ހަފްތާއެއް ކުރިން އޮރެންޖެއްގެ އަގު ހުރީ 8ރ. ގަ އެވެ.

ނަމަވެސް ފަހުން އަގު ބޮޑުވަމުން ގޮސް އޮރެންޖެއްގެ އަގު 12ރ. އަށް އުފުލި މިއަދު މިވަނީ 15ރ. އަށް އަގު އުފުލިފަ އެވެ.

މާރުކޭޓުގައި ގޮޅިތައް ހިންގާ ބައެއް މީހުން ބުނީ އޮރެންޖުގެ އަގު އުފުލިގެން އުޅެނީ އޮރެންޖު ހޯލްސޭލްކޮށް ވިއްކާ އަގު ބޮޑުވުމުންނާއި އޮރެންޖު ލިބުން ވެސް ދަތިވުމާ ގުޅިގެން ކަމަށެވެ.

މިދިޔަ ރޯދަ މަހު ވެސް އޮރެންޖުގެ އަގު ކޮންމެވެސް ވަރަކަށް އުފުލު ނަމަވެސް 15ރ. އަށް އަގު އަރައިގެން ނުދާކަން ފާހަގަކުރެވެ އެވެ.

ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން ކަރާ ކިލޯއެއްގެ އަގު 20ރ. އާއި 25ރ. އާ ދެމެދު ހުރިއިރު، ފެޝަން ފުރުޓު ކިލޯއެއް އަގު ހުރީ 120ރ. އަށެވެ.

މީގެއިތުރުން ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެންހުރީ 45ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އެހެން ތަކެތި ލިބެން ހުރި އަގުތައް:

  • ދިވެހި ކިއުކަމްބާ ކިލޯއެއް - 60ރ. އާއި 65ރ. އަށް
  • ޗައިނީސް ކިއުކަމްބާ ކިލޯއެއް - 80ރ. އާއި 85ރ. އަށް
  • ކެޕްސިކަމް ކިލޯއެއް - 70ރ. އަށް
  • ކެރެޓް ކިލޯއެއް - 30ރ. އަށް
  • ލުނބޯ ކިލޯއެއް - 60ރ. އަށް
  • ބީންސް ކިލޯއެއް - 65ރ. އާއި 70ރ. އަށް
  • ލީކްސް ކިލޯއެއް - 85ރ. އަށް
  • ބަނބުކެޔޮ ކިލޯއެއް - 70ރ. އަށް
  • ލެޓިއުސް ކިލޯއެއް - 50ރ. އާއި 60ރ. އަށް
  • ކޮޕީފަތް - ހަތަރު ފަތުގެ ބޮނޑިއެއް 10ރ. އަށް
  • އާފަލެއް - 6ރ. އާއި 7ރ. އަށް
  • ދޮންކެޔޮ ކިލޯއެއް - 45ރ. އާއި 80ރ. އަށް
  • ޖަނބުރޯލު ކިލޯއެއް - 100ރ. އަށް
  • ގްރޭޕްސް 100 ގްރާމް - 18ރ. އާއި 25ރ. އަށް
  • ކަންނެލި އަދި ކަނޑުމަސް ކިލޯއެއް - 35ރ. އަށް