Advertisement

ޓްރަމްޕުގެ ފްލޮރިޑާ ގެއަށް ވަންނަން އުޅުނު ހަތިޔާރު އެޅި މީހަކު މަރާލައިފި

about 1 hour 0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އެ މީހާ ވަދެގަތް ވަގުތު ޓްރަމްޕު ހުންނެވީ ވޮޝިންޓަންގައި --- ފޮޓޯ: އޭޕީ


ޓްރަމްޕުގެ ފްލޮރިޑާ ގެއަށް ވަންނަން އުޅުނު ހަތިޔާރު އެޅި މީހަކު މަރާލައިފި

about 1 hour 0

ފޮލޮރިޑާގެ ޕާމް ބީޗުގެ މާރަލާގޯގައި ހުންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގެއަށް ވަން ހަތިޔާރު އެޅި މީހަކު މަރާލާފައިވާ ކަމަށް އެ ގައުމުގެ ސީކްރެޓް ސާވިސްއިން ބުނެފި އެވެ.

އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މީހާ މަރާލީ މަނާ ސަރަހައްދަކަށް ވަދެ އުޅެނިކޮށެވެ. އެ މީހާގެ އަތުން ފެނުނު ކަމަށް ބުނާ ޝޮޓްގަން އަކާއި ތެޔޮ ހަމެއްގެ ފޮޓޯ، ޕާމް ބީޗު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މަރާލި މީހާގެ ވަނަވަރު އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އޭނާއަކީ ނޯތް ކެރޮލައިނާއަށް ނިސްބަތްވާ އުމުރުން 20 ގެ އަހަރުތައް ގުނަމުންދާ މީހެއް ކަމަށް ސީކްރެޓް ސާވިސްއިން ބުނެފައި ވެ އެވެ. އެ އިދާރާގެ ކޮމިއުނިކޭޝަންސް ޗީފް އެންތޮނީ ގުޔޭމީ ބުނީ، އެ މީހާ ގެއްލިގެން މީގެ ދުވަސްތަކެއް ކުރިން އޭނާގެ އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޓްރަމްޕު ގިނަ ވަގުތު ހޭދަކުރައްވަނީ ފްލޮރިޑާގައި ނަމަވެސް އެ މީހާ ޓްރަމްޕުގެ ގެ ހުންނަ ސަރަހައްދަށް ވަން އިރު، އެމަނިކުފާނު ހުންނެވީ ވޮޝިންޓަންގަ އެވެ. ސީކްރެޓް ސާވިސްއިން ބުނީ އެ އިދާރާއިން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ އެއްވެސް މީހަކު އެ ވަގުތު އެ ގޭގައި ނެތް ކަމަށެވެ.

ޓްރަމްޕަކީ އެމެރިކާގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މި ފަހުގެ ތާރީހެއްގައި އަވަހާރަކޮށްލަން ދިން ހަމަލާއެއްގައި ޒަހަމްވެވަޑައިގެންނެވި ހަމައެކަނި ރައީސެވެ.

އެ ހަމަލާ ދިނީ ރައީސް ކަމަށް ކެމްޕެއިން ކުރައްވަމުން ގެންދެވި ދުވަސްވަރު ޓްރަމްޕު ބޭއްވެވި އެއްވުމެއްގެ ތެރެއިންނެވެ. މި ހަމަލާގައި ޓްރަމްޕު ޒަހަމްވެވަޑައިގެންނެވީ ކަނާތު ކަންފަތުގައި ކިރިޔާ ކޭއްތިލާފައި ދިޔަ ވަޒަނަކުންނެވެ. ޓްރަމްޕަށް އަމާޒުކުރި ވަޒަންތަކުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި ނަމަވެސް، އެ ރެލީގައި ހުރި އެހެން މީހަކު މަރުވި އެވެ.

ޓްރަމްޕަށް ހަމަލާ ދޭން ރޭވުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައި ވެ އެވެ. މީގެން މައްސަލައެއްގައި ރަޔަން ރައުތު ކިޔާ މީހަކު އުމުރަށް ޖަލަށް ލާން މި މަހުގެ ކުރީކޮޅު ވަނީ ހުކުމްކޮށްފަ އެވެ. އެ މީހާ ޓްރަމްޕު އަވަހާރަކޮށްލަން ރޭވީ ފްލޮރިޑާގެ ގޯލްފްކޯސްއެއްގައި ހުންނަވާ ވަގުތަކާ ދިމާކޮށެވެ.