މޮޓޯއެކްސް ފިހާރަ
މި ރޯދަ މަހު ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކަކާއެކު މޮޓޯއެކްސް މޯލްޑިވްސްއިން "ރޯދަ ރައިޑް" ޕްރޮމޯޝަން ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން މޮޓޯއެކްސްއިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ހުރިހާ މޮޑެލްއެއްގެ ސައިކަލުތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެއެވެ.
މޮޓޯއެކްސްއަކީ ދުނިޔޭގެ މަގުބޫލު ދެ ބްރޭންޑެއް ކަމަށްވާ ސީއެފް މޮޓޯ އަދި ކީވޭގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.
މޮޓޯއެކްސްއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ އަލަށް ސައިކަލު ގަންނަން ބޭނުންވާ މީހުންނަށާއި، މިހާރު ގެންގުޅޭ ސައިކަލު އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު، ދުއްވާލަން ފަސޭހަ އަދި ޒަމާނީ ފަރުމާތަކުގެ ސައިކަލުތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ކަސްޓަމަރުންނަށް ތަފާތު، އިތުބާރު ހުރި އަދި ގެންގުޅެން ފަސޭހަ ސައިކަލެއް ރޯދަ މަހު މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން،" މޮޓޯއެކްސްގެ އޮފިޝަލަކު ބުންޏެވެ.
މި ޕްރޮމޯޝަނުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސީއެފްމޮޓޯ 150އެސްސީ މޮޑެލްއަށް ދީފައިވާ ހާއްސަ ސަމާލުކަމެވެ. މި ސައިކަލަކީ ފޯނު ޗާޖު ކުރެވޭނެ ޔޫއެސްބީ ޕޯޓެއް ފަދަ ޒަމާނީ ފީޗާސްތައް ހިމެނޭ ނުހަނު ފަސޭހަ ސައިކަލެކެވެ.
މި ސައިކަލު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ސައިކަލުގެ ފެންވަރު ވަޒަންކޮށްލުމަށްޓަކައި ހިލޭ ޓެސްޓް ރައިޑެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބެ އެވެ.
"މިއީ ސައިކަލާ ބެހޭ ފުރިހަމަ ތަޖުރިބާއަކަށް ފަހު ގޮތް ނިންމުމަށް ކަސްޓަމަރުންނަށް ލިބޭނެ ރަނގަޅު ފުރުސަތެއް،" އޮފިޝަލް ބުންޏެވެ.
މޮޓޯއެކްސްގެ ޝޯރޫމް ހުންނަނީ ހުޅުމާލެއަށް އަރާއިރު ހުންނަ ވިލާ ހަކަތައިގެ ޕެޓްރޯލް ޝެޑްގަ އެވެ. އެތަނަށް ޒިޔާރަތްކޮށްލުމުން ސީއެފް މޮޓޯ އަދި ކީވޭގެ އެކި ސީރީޒްތަކުގެ ސައިކަލުތައް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.
ފޯން: 7205252
Comment