about 2 hours 2
ލީވާން އަލީ ނާސިރު
about 2 hours 2
މާލޭ އަލިކިލޭގެފާނު މަގުގައި އެމްބިއުލާންސަށް ޖާގަ ނުދީ ޕިކަޕަކުން މުދާ ބާލައިފި އެވެ.
ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއިން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅުވާފައިވާ އެމްބިއުލާންސް ޓްރެފިކުގައި ޖެހިފައި އޮއްވަ އެވެ.
ވީޑިއޯ ނެގި މީހާ އަދަދަ އަށް ބުނީ މިއަދު ހެނދުނު 10:30 ހާއިރު އެ ޕިކަޕުން މަގު ބްލޮކްކޮށްގެން ގިނައިރުތަކެއް ވަންދެން އޮތް ކަމަށެވެ. އޭނާ ބުނީ އެއީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ބަލަން ފަށާއިވާ ކަމަށާއި ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ފަހަކަށް އައިސް އެމަޖެންސީގައި ސައިރަން އަޅުވާފައި ދުއްވާ އެމްބިއުލާންސަށް ޖާގަ ނުދޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ފަހަކަށް އައިސް އެކަހަލަ އެކި ވީޑިއޯތައް ދައުރުވެފައިވެ އެވެ.
ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި އެމަޖެންސީގައި ދަތުރުކުރި އެމްބިއުލާންސަށް ޖާގަ ނުދިނުމުގެ ސަބަބުން އެކްސިޑެންޓުވެފައިވެ އެވެ.
އެކަމާ ގުޅިގެން ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ރައްޔިތުން އަހުލުވެރިކުރުވަން ކެމްޕެއިނެއް ހިންގަން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ނިންމާފަ އެވެ.
އެމްބިއުލާންސަކީ ފުރާނައަށް ނުރައްކާވާފަދަ ހާލަތްތަކުގައި ތިބޭ ބަލިމީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ދަތުރުކުރާ އުޅަނދަކަށްވީ ހިނދު ދުއްވާފައިދާ އެމްބިއުލާންސަށް ޖާގަ ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
Comment