about 7 hours 0
about 7 hours 0
މެޑްރިޑް (ފެބްރުއަރީ 21) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް އެ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް މޭރުމުން އެ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވާހަކަ ދައްކައިފި އެވެ.
މި ސީޒަނަށް ފަހު، އަލްވަރޭޒް، އެތުލެޓިކޯ ދޫކޮށް ސްޕެއިނުގެ ގަދަބާރު ބާސެލޯނާ ނޫނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑު ކްލަބަކަށް ބަދަލުވާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އުމުރުން 26 އަހަރުގެ އަލްވަރޭޒަށް މިިއީ މިދިޔަ ސީޒަނަށް ބަލާއިރު، އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ފަހަރެއް ނޫނެވެ. މި ސީޒަނުގެ 38 މެޗުން އޭނާ އަށް 13 ލަނޑު ޖެހުނުއިރު، ހަތް ލަނޑު ޖަހަން ވަނީ ފުރުސަތު ހޯދައިދީފަ އެވެ.
އަލްވަރޭޒްގެ މުސްތަގުބަލާ ބެހޭގޮތުން ސުވާލުކުރުމުން، ސިމިއޯނީ ބުނެފައިވަނީ، އޭނާ އަށް އަލްވަރޭޒްގެ ސިކުނޑިތެރޭގައި އެ ހިނގާ ކަންކަމުގެ މައުލޫމާތެއް ނޭނގޭ ކަމަށެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ އެއްވެސް ކުޅުންތެރިއަކަށް 100 ޕަސެންޓް ކޮންސަންޓްރޭޝަން ނެތި އެންމެ ރަނގަޅު ލެވަލްގެ ކުޅުމެއް ނުދެއްކޭނެކަން ކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗަށް ބަލާއިރު، އަލްވަރޭޒް، ކުރީގެ ލެވަލަށް ކުޅެން ފަށަން ތައްޔާރުވަމުން އަންނަ ކަމުގެ އިހުސާސް ކުރެވުނު ކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.
ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. ސިޓީން ވަނީ، މީގެ އެއް އަހަރު ކުރިން، އެތުލެޓިކޯ އިން ހުށަހެޅި 85 މިލިއަަން ޑޮލަރުގެ އޮފާ ގަބޫލުކޮށް، އެ ޓީމަށް އޭނާ ވިއްކާލައިފަ އެވެ. މިދިޔަ ސީޒަނުގައި އަލްވަރޭޒް ވަނީ އެތުލެޓިކޯގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
Comment