Advertisement

ހަތް އޮންލައިން ޕްލެޓްފޯމަކުން މި އަހަރު ޒަކާތް ދެއްކޭނެ

18 ފެބުރުވަރީ 2026 - 16:24 0

ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދަނީ --- ފޮޓޯ؛ އަދަދު ފައިލް


ހަތް އޮންލައިން ޕްލެޓްފޯމަކުން މި އަހަރު ޒަކާތް ދެއްކޭނެ

18 ފެބުރުވަރީ 2026 - 16:24 0

މި އަހަރު ހަތް އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފި އެވެ.

މިއަދުން ފެށިގެން ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ހައެއް ޖެހުމާ ހަމައަށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ފިތުރު ޒަކާތުގެ ނިސާބު

  • އާދައިގެ ހަނޑޫ: 12ރ.
  • ތައިލެންޑް ހުދު ހަނޑޫ: 53ރ.
  • ރަތް ހަނޑޫ: 96ރ.
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
  • ބާސްމަތީ ހަނޑޫ (މޮޅު): 109ރ.
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.

ފައިސާ ދެއްކޭ ޕްލެޓްފޯމްތަކަކީ؛

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރި ޕޭ އާއި ފަހި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ.

"އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކުރާ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވެސް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ހަމަޖައްސާފައި."

ކޮންމެ ހަފްތާއަކު ޒަކާތުގެ ތަފާސްހިސާބު ހާމަކުރަމުންދާނެ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.