Advertisement

ހުލާސާކޮށް އިއްޔެ: ނަވީން ރިޓަޔާ ކުރައްވަނީ މުއިއްޒު އަންގަވައިގެން

16 ފެބުރުވަރީ 2026 - 06:48 1

ރައިސް މުއިއްޒު އާއި ޕޮލިސް ކޮމިޝަނަރު ނަވީން


ހުލާސާކޮށް އިއްޔެ: ނަވީން ރިޓަޔާ ކުރައްވަނީ މުއިއްޒު އަންގަވައިގެން

16 ފެބުރުވަރީ 2026 - 06:48 1

ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެގޮތަށް ކަންކުރަން އަންގަވައިގެންކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފުލުހުންގެ ވަޒީފާއިން ނަވީން ރިޓަޔާ ކުރައްވަން އިއްޔެ ހުށަހެޅުއްވީ މުއިއްޒު އަންގަވައިގެންކަން، އެ ކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކަށަވަރު ކޮށްދިނެވެ. ނަމަވެސް، ރިޓަޔާ ކުރައްވަން ނަވީންއަށް މުއިއްޒު އެންގެވި ސީދާ ސަބަބެއް އަދި، މިހައިތަނަށް އެނގިފައެއް ނުވެ އެވެ.

އެހެންމަވެސް، ކޮމިޝަނަރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން ލިޔުއްވައި ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ނަވީން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަގާމުން ރިޓަޔާ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑު ރިޓަޔާ ކުރަން އެދި ހުށަހެޅުމަށް ނިންމައިފިން. ދުވަސްތަކެއް ވަންދެން އަޅުގަނޑު ބޮލު ތެރޭގައި މި ވިސްނުން ގެންގުޅުމަށްފަހު މިއަދު މިކަން ކުރަން މި ނިންމީ ވަރަށް ގިނަ ކަންކަމަށް ވިސްނާ ފިކުރުކުރުމަށްފަހު،" އިނގިރޭސި ބަހުން ލިޔުއްވައި އިއްޔެ ނަވީން ފޮނުއްވި މެސެޖުގައިވެ އެވެ.

އެ މެސެޖުގައި ނަވީން ވަނީ، މިއީ އޭނާގެ ހިދުމަތުގެ ދައުރު ނިންމައިލުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ލިޔުއްވައިފަ އެވެ. އަދި، އެ ހިދުމަތުގައި އިތުރު ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މިއަށްވުރެ އެކަމަށް ވަކީން މުނާސަބު ވަގުތެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަވީން ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުގެ ހިދުމަތުގެ ދައުރު ނިންމާލައި، އިސްމަގާމުތަކުގެ މަސްއޫލިއްޔަތުތައް އޮމާންކަމާއެކު ބަދަލުކުރުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު،" ނަވީން ލިޔުއްވާފައިވެ އެވެ.

މެސެޖު ނިންމަވައިލައްވަމުން ނަވީން ލިޔުއްވާފައި ވަނީ، އެ މަގާމުގައި ހުންނަވައި ދިވެހި ގައުމަށާއި ފުލުހުންގެ މުއައްސަސާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އެނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

މުހިއްމު ބައެއް ހަބަރު