Advertisement

މަޓީގެ އާ ޗެއާމަނަކަށް ޗަމްޕާ އަފީފު

15 ފެބުރުވަރީ 2026 - 18:49 0

އަމަން ހަލީމް

އަމަން ހަލީމް

މަޓީ ޗެއާމަނަކަށް އައްޔަނުކުރި ޗަމްޕާ އަފީފު: އޭނާއަކީ އެ ޖަމިއްޔާގެ ފައުޑިން މެންބަރެއް --- ފޮޓޯ: ރައީސް އޮފީސް


މަޓީގެ އާ ޗެއާމަނަކަށް ޗަމްޕާ އަފީފު

15 ފެބުރުވަރީ 2026 - 18:49 0

ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އާ ޗެއާމަނަކަށް، ހުސެއިން އަފީފް (ޗަމްޕާ އަފީފް) މިއަދު އިންތިހާބުކޮށްފި އެވެ.

ޗަމްޕާ އަފީފް އެ މަގާމަށް އައްޔަން ކުރީ ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އޭނާ ކުރިން ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާގެ މަގާމުގަ އެވެ. އަފީފަކީ ރާއްޖޭގެ ޓޫރިޒަމްގެ ބާނީއެއްގެ އިތުރުން މަޓީގެ ފައުންޑިން މެންބަރެކެވެ.

މި އަހަރީ އާންމު ޖަލްސާގެ ކުރިން މަޓީގެ ޗެއާމަންގެ މަގާމު އޮތީ ހުސްކަމެއްގަ އެވެ. ކުރިން އެ މަގާމުގައި ހުންނެވި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ މިިދިޔަ އަހަރުގެ އޮގަސްޓުގައި އަވަހާރަވެފަ އެވެ.

ޓޫރިޒަމް ސިނާއަތުގެ ގިނަ ވިޔަފާރިތަކެއްގެ މަންދޫބުން ބައިވެރިވި މި އަހަރުގެ ޖަލްސާގައި ހާމަކުރި ގޮތުގައި އަލަށް ގުޅުނު 24 މެންބަރުންނާ އެކު އެ ޖަމިއްޔާގެ މެންބަރުންގެ އަދަދު ވަނީ 189 އަށް އަރައިފަ އެވެ.

މަޓީއަކީ ޓޫރިޒަމް ސިޔާސަތުތައް ކަނޑައެޅުމުގައި ސިނާއަތުގެ މަސްލަހަތުވެރިއެއްގެ ހައިސިއްޔަތުން ވަރަށް އިސް ދައުރެއް އަދާކުރާ ޖަމިއްޔާ އެކެވެ.

މަޓީގެ އާ އެގްޒެކެޓިވް ބޯޑު (2026-2029)

  • ޗެއާމަން: ހުސައިން އަފީފް
  • ވައިސް ޗެއާމަން: ސަލާހް ޝިހާބް
  • ވައިސް ޗެއާމަން: އަހުމަދު ނަޒީރު
  • ފިނޭންޝަލް ކޮންޓްރޯލަރ: އަހުމަދު ހަފީޒު
  • ސެކްރެޓަރީ ޖެނެރަލް: އަސްއަދު އަލީ
  • ޑެޕިއުޓީ އެސްޖީ: އިޔާޒު ވަހީދު

މި ބޭފުޅުންގެ އިތުރުން ބޯޑު މެންބަރުންގެ ގޮތުން 13 ބޭފުޅަކު އިންތިހާބުކުރި އެވެ.