Advertisement

ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އޭސް ޓްރެވަލްސް

ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އޭސް ޓްރެވަލްސް ހަމަޖައްސައި އެކަން އިއުލާނުކުރަން އިއްޔެ ބޭއްވި އިވެންޓުގައި، އެކްސްޕޯ ބާއްވާ ހައިރައިޒް އަދި އޭސް ޓްރެވަލްގެ ވެރިން. -- ފޮޓޯ: ހައިރައިޒް


ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އޭސް ޓްރެވަލްސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އެއް މައުރަޒު، "ވެކޭޝަންސް އެކްސްޕޯ" ގެ ހަތް ވަނަ އެޑިޝަންގެ މެއިން ސްޕޮންސަރަކަށް އޭސް ޓްރެވަލް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އިވެންޓް އިންތިޒާމްކުރާ ހައިރައިޒުން އިއްޔެ އިއުލާނުކުރި ގޮތުގައި، މި އަހަރުގެ އެކްސްޕޯގެ ކޯ-ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް އާއި އިނަރ މޯލްޑިވްސް ހޮލިޑޭސް އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މި އެކްސްޕޯ އޮންނާނީ އޭޕްރީލް 9، 10 އަދި 11 ވަނަ ދުވަހު އެވެ.

އެކްސްޕޯގައި އެއާލައިންތައް، ޓްރެވަލް އެޖެންޓުން، ރިސޯޓް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ އެކި ފަރާތްތައް ބައިވެރިވާނެ އެވެ.

މި އެކްސްޕޯއަކީ ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކުގެ މައުލޫމާތާއި، ހެޔޮ އަގުގައި ލިބޭ ޕެކޭޖުތައް އެއް ފުރާޅެއްގެ ދަށުން ބަލާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަސީބުވެރިން ހޮވައި، އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ރޭވިފައިވެ އެވެ.