Advertisement

ފާއިތުވި 10 އަހަރު ވެސް މުސާރައަށް ބަދަލެއް އައިސްފައިނުވާތީ ޕަބްލިކް ޕްރޮސެކިއުޓަރުންގެ ސިޓީއެއް މުއިއްޒުއަށް

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ---


ފާއިތުވި 10 އަހަރު ވެސް މުސާރައަށް ބަދަލެއް އައިސްފައިނުވާތީ ޕަބްލިކް ޕްރޮސެކިއުޓަރުންގެ ސިޓީއެއް މުއިއްޒުއަށް

ފާއިތުވި 10 އަހަރު ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންގެ މުސާރައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެ އޮފީހުގެ ވަކީލުންގެ ފަރާތުން ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަަހަރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިންޓާނަލް ވަޒީފާގެ ކުރިއެރުމާ ގުޅޭ އުސޫލު އުވާލި ފަހުން އެ މުވައްޒަފުންނަށް ހައްގުވާ ކުރިއެރުމެއް ނުލިބެ އެވެ.

އެއީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ އުސޫލަކަށްވީ ނަމަވެސް އެ އުސޫލު މިހާތަނަށް ވެސް އެކުލަވާލާފައި ނުވެ އެވެ.

މަސައްކަތުގެ ދާއިރާގެ ގޮތުން އެކި އިންޒާރުތަކާއި ނުރައްކަލާއި ވެސް ޕްރޮސެކިއުޓަރުން ކުރިމަތިލާން ޖެހޭ ކަމަަށާއި ނަމަވެސް ލިބެނީ މިނިސްޓްރީތަކުގެ ވަކީލުންނާއި އޭޖީ އޮފީހުގެ ވަކީލުންނަށް ލިބޭ މުސާރައަށް ވުރެ ވެސް ކުޑަ މުސާރައެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ދެއްވިކަމުގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލް ދެއްވި ނަމަވެސް، މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއިން އެދެވޭ ޖަވާބެއް ދެއްވާފައިނުވާ ކަމަށް މައުލޫމާތު ލިބޭ،" އެ ސިޓީގައި ބުނެފައިވެ އެވެ.

ދައުލަތުގެ އެހެން ވަކީލުންނަށް އަމިއްލަ މަސައްކަތްތައް ކުރުމުގެ ހުއްދަ އޮތް ނަމަވެސް ޕަބްލިކް ޕްރޮސެކިއުޓަރުންނަށް އެ ފުރުސަތު ނޯންނަކަމުގެ ކަންބޮޑުވުން އެ ސިޓީގައި ވަނީ ހިއްސާކޮށްފަ އެވެ.

މުސާރަތައް ކުޑަވުމުގެ ސަބަބުން މަގާމުތަކަށް ގާބިލު މީހުން ހޯދުމަށް ދަތިވެފައިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހަށް ކޮޕީއެއް ހުށަހެޅި ސިޓީގައި ބުނެފައިވެ އެވެ.