އައިކެއާގެ "ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތު އައިކެއާ" ލަކީޑްރޯގެ ނަސީބުވެރިއަކަށް މުހައްމަދު ސައުފާން ހޮވިއްޖެ އެވެ.
މިދިޔަ އަހަރު ނޮވެމްބަރު 28، އިން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ 31، ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވީ ޓީވީއެމް މެދުވެރިކޮށް ދެއްކި ހާއްސަ ޕްރޮގްރާމެއްގަ އެވެ.
ނަސީބުވެރިޔަކަށް ހޮވުނު މުހައްމަދު ސައުފާންއަށް އިތުރު މީހަކު ގޮވައިގެން ރަމަޟާން މަހު އުމްރާއަށް ދިޔުމުގެ ފުރުސަތު ވަނީ ތަނަވަސްވެފަ އެވެ.
އައިކެއާގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައިކެއާ އިން ބުނީ މިއީ ހަމައެކަނި ޕްރޮމޯޝަނެއްގެ ބަދަލުގައި، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ދެވޭ ހާއްސަ ހަދިޔާއެއްގެ ގޮތުންނާއި، ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އައިކެއާގެ ހިދުމަތް 2003 ފެށީ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގަ އެވެ. ފާއިތުވި 22 އަހަރު ތެރޭގައި އެ ހިދުމަތް ފުޅާކޮށް، އެންމެ ފަހުން އައިކެއާ ހޮސްޕިޓަލު އުފައްދައި، ޒަމާނީ ވަސީލަތްތަކާއެކު އެތަނުން ލޮލުގެ ގިނަ ފަރުވާތަކެއް ދެ އެވެ.
Comment