Advertisement

ސަސުއޯލޯ ބަލިކޮށް އިންޓަ މިލާނުން ބޮޑު ލީޑެއް ނަގައިފި

about 2 hours 0


ސަސުއޯލޯ ބަލިކޮށް އިންޓަ މިލާނުން ބޮޑު ލީޑެއް ނަގައިފި

about 2 hours 0

މިލާން (ފެބްރުއަރީ 9) - އިޓާލިއަން ލީގުގައި ރޭ ސަސުއޯލޯ އަތުން 5-0 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާނުން މި ހަފްތާގައި ކުޅެން އޮތް މެޗު ވަނީ ރީޝެޑިއުލްކޮށްފަ އެވެ. އެއީ، މިލާން ކޯޓީނާ އޮލިމްޕިކްސްއާ ހެދި އެވެ.

އިންޓަ އިން ވަނީ 24 މެޗުން 58 ޕޮއިންޓް ހޯދައިފަ އެެވެ. ދެ ވަނައިގައި އޮތް މިލާނަށް ވަނީ 23 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީން މި ހަފްތާގައި ވަނީ 3-2 އިން ޖެނޯއާ ބަލިކޮށްފަ އެވެ. އަދި، ހަތަރެއްގައި އޮތް ޔުވެންޓަސް ވަނީ 2-2 އިން ލާޒިއޯއާ އެއްވަރުވެފަ އެވެ. ނަޕޯލީ އަށް 24 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތަރެއްގައި އޮތް ޔުވެންޓަސްގެ އޮތީ 24 މެޗުން 46 ޕޮއިންޓާ އެކު އެވެ.

ރަށުންބޭރުގައި އިންޓަ އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަަގައިފަ އެވެ. އެ ގޮތުން 11 ވަނަ މިނިޓްގައި ފެޑެރީކޯ ޑި މާކޯ ދިން ބޯޅައަކުން ޔެން ބިސެކް ވަނީ އިންޓަގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އަދި، 28 ވަނަ މިނިޓްގައި އިންޓަ އިން ދެ ވަނަ ލަނޑު ޖެހީ ޑި މާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކަސް ތުރާމް އެވެ.

ދެ ވަނަ ހާފު ފެށިގެން އަށް މިނިޓް ތެރޭ އިންޓަ އިން އިތުރު ދެ ލަނޑު ޖެހި އެވެ. މި ހާފުގައި ފުރަތަމަ ލަނޑު ޖެހީ ލީގުގައި 14 ވަނަ ލަނޑު ކާމިޔާބުކުރި ލައުޓާރޯ މާޓީނޭޒް އެވެ. އަދި، މެނުއަލް އަކަންޖީ ވަނީ އިންޓަގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ވެސް ޑި މާކޯ ދިން ބޯޅައަކުން ޖެހި ގޯލެކެވެ. އޭނާ ވަނީ މި މެޗުގައި އެސިސްޓްގެ ހެޓްރިކެއް ހަދައިފަ އެވެ.

އިންޓަ އިން ހަތަރު ގޯލު ޖެހި ފަހުން ސަސުއޯލޯގެ ނަމަންޏާ މަޓިޗް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތެއް ހޯދައިފަ އެެވެ.