about 16 hours 0
ރޭގެ މެޗުގެ ތެރެއިން ހައިދަރަމާނީ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 16 hours 0
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ލީގުގައި ރާއްޖޭގެ ކްލަބް ވެމްކޯ ބަލިކޮށް ސްރީ ލަންކާގެ ހައިދަރަމާނީ ސްޕޯޓްސް ކްލަބުން އެ ގްރޫޕުން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ތިން ޓީމު ވާދަކުރާ މި ގްރޫޕްގައި، ކަޒަކްސްތާންގެ ޓުރާން އިން ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ވެމްކޯ އާއި ހައިދަރަމާނީ ބަލިކޮށްފަ އެވެ. އެހެންކަމުން، ވެމްކޯ އާއި ހައިދަރަމާނީ ބައްދަލުކުރި ރޭގެ މެޗު ވެފައި އޮތީ މި ގްރޫޕުން ސެމީ ފައިނަލަށް ދާނެ ދެ ވަނަ ޓީމެއް ކަނޑައެޅޭނެ މެޗަށެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ރޭގެ މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ވަނީ 24-26 އިން ގެންގޮސްފަ އެވެ. އެކަމަކު، ފުރަތަމަ ސެޓުގައި އެ ނެރުނު ނަތީޖާ އިން ކޮންފިޑެންސް ހޯދައި ދެން ކުޅުނު ދެ ސެޓުގައި ރަނގަޅު ކުޅުމެއް ނުދެއްކި އޭގެ ފައިދާ ހައިދަރަމާނީން ރަނގަޅަށް ނެގި އެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު، ހައިދަރަމާނީން ގެންދިޔައީ، 25-23، 25-18 އިންނެވެ.
ވެމްކޯ އާއި ހައިދަރަމާނީން ރޭ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ޖެހިޖެހިގެން ތިން ސެޓު ގެންގޮސް މެޗުން މޮޅުވާން ނުކުތް ހައިދަރަމާނީ އަށް ވެމްކޯ އިން އެ ފުރުސަތެއް ނުދިނެވެ. ހަތަރު ވަނަ ސެޓުގައި ވެމްކޯ އިން ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކޮށް، 18-25 އިން އެ ސެޓު ގެންގޮސް، ނަތީޖާ ނެރެން ފަސް ވަނަ ސެޓަކަށް މެޗު ގެންދިޔަ އެވެ. ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުގައި، ވެމްކޯ އިން ގިނަ ގޯސްތަކެއް ހެދި މި ސެޓު ހައިދަރަމާނީން ގެންދިޔައީ 15-08 އިންނެވެ.
މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ދެ ވަނަ ޓީމު ކަމަށްވާ ހުރާ ކޮމިއުނިޓީ ކްލަބުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗު މިރޭ އޮންނާނެ އެވެ. ހުރާ އިން ފުރަަތަމަ މެޗުން އުޒްބެކިސްތާންގެ ހޫމޯ އަތުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި އިރާނުގެ ފޫލާދު އަތުން ބަލިވި އެވެ. ތިން ވަނަ މެޗުގައި މިރޭ ކުޅޭނީ ނޭޕާލުގެ ޕޮލިސް ޕޮލިސް ކްލަބް އެވެ.
Comment