Advertisement

ޓީ20 ކްރިކެޓް ވޯލްޑް ކަޕް: ޗެމްޕިއަން އިންޑިއާ އިން އެމެރިކާ ބަލިކޮށްފި

about 2 hours 0


ޓީ20 ކްރިކެޓް ވޯލްޑް ކަޕް: ޗެމްޕިއަން އިންޑިއާ އިން އެމެރިކާ ބަލިކޮށްފި

about 2 hours 0

މުމްބާއި، އިންޑިއާ (ފެބްރުއަރީ 8) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަަަތަމަ މެޗުގައި 29 ލަނޑުން އެމެރިކާ ބަލިކޮށްފި އެވެ.

މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި، ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އެމެރިކާ އިން ނިންމީ ފީލްޑް ކުރުމަށެވެ. އިންޑިއާ އިން ކުޅެން އަރައި، ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 161 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުން ދެއްކީ ނުބައިނުވެ، 49 ބޯޅައިން 84 ލަނޑު ހެދި ސޫރްޔަކުމާރު ޔާދަވް އެވެ.

ދެން، އެ ޓީމުން އެންމެ ގިނަ ލަނޑު ހެދި ތިލަކް ވަރްމާ 25 ލަނޑު ހެދިއިރު، އިޝާން ކިޝަން ވަނީ 20 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އެމެރިކާ އިން ވަނީ އަށް ކުޅުންތެރިން ނުބައިވެގެން 132 ލަނޑު ހަދައިފަ އެވެ. އެމެރިކާ ޓީމުގައި އެންމެ ރަނގަޅު ސްކޯ އެއް ހަދައިދިނީ، 37 ލަނޑު ހެދި ސަންޖޭ ކްރިޝްނަމުުުރުތީ އާއި ޝުބަމް ރާންޖަނޭ އެވެ. އަދި، އެ ޓީމުގެ މިލިންދު ކުމާރު އެވެ.

މި އިނިންސްގައި އިންޑިއާގެ މުހައްމަދު ސިރާޖު ހަތަރު އޯވަރަށް ތިން ވިކެޓް ނެގިއިރު، އަރްޝްދީޕް ސިންގް އާއި އަކްސާރު ޕަޓޭލް ވަނީ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.

މި ގްރޫޕްގައި ރޭ ކޮލަމްބޯގައި ކުޅުނު މެޗުން ޕާކިސްތާނުން ވަނީ ތިން ވިކެޓުން ނެދަލެންޑްސް ބަލިކޮށްފަ އެވެ.