Advertisement

އަނިޔާއާ ހެދި ހޭޒަލްވުޑް އަށް ޓީ20 ވޯލްްޑް ކަޕް ގެއްލިއްޖެ

about 1 hour 0


އަނިޔާއާ ހެދި ހޭޒަލްވުޑް އަށް ޓީ20 ވޯލްްޑް ކަޕް ގެއްލިއްޖެ

about 1 hour 0

މެލްބާން، އޮސްޓްރޭލިއާ (ފެބްރުއަރީ 7) - އޮސްޓްރޭލިއާ ކްރިކެޓް ޓީމުގެ ކުޅަދާނަ ބޯލަރު، ޖޯޝް ހޭޒަލްވުޑް އަށް އަނިޔާއާ ހެދި މި މަހު ފަށާ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ގެއްލިއްޖެ އެވެ.

ހޭޒަލްވުޑް، 35، އެންމެ ފަހުން މެޗެއްގައި ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މެދުތެރޭގަ އެވެ. އޭގެ ފަހުން، ފަލަމަސްގަނޑާއި ކުޑަހުޅު ކައިރި އަށް ލިބުނު އަނިޔާގެ ސަަބަބުން މެޗުތަކުގައި ނުކުޅެ އެވެ. އެކަމަކު، އޮސްްޓްރޭލިއާ އިން އެންމެ ފުރަތަމަ ޓީ20 ވޯލްޑް ކަޕަށް ނެގި ސްކޮޑުގައި ހޭޒަލްވުޑް ހިމެނި އެވެ.

އެކަމަކު، އޮސްޓްރޭލިއާގެ ކްރިކެޓް ޓީމުގެ ސެލެކްޓަރު، ޓޯނީ ޑޮޑެމައިޑާ ބުނީ، ޓީ20 ވޯލްޑް ކަޕްގައި ކުޅުވަން ވެގެން ހޭޒަލްވުޑްގެ ރިކަވަރީ އަވަސް ކޮށްލައިފިނަަމަ މީގެ އޮތް ރިސްކު ބޮޑު ކަމަށް މެޑިކަލް ޓީމުން ލަފާދީފައިވާތީވެ، ހޭޒަލްވުޑް ނުނަގަން ނިންމީ ކަމަށެވެ.

ހޭޒަލްވުޑަކީ މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި ނުކުޅެވޭނެ އޮސްޓްރޭލިއާގެ ދެ ވަަނަ ބޯލަރެވެ. މީގެ ކުރިން، ބުރަކަށީގެ އަނިޔާއަކާ ހެދި، އޮސްޓްރޭލިއާގެ ޓެސްޓް ކްރިކެޓް ޓީމު ކެޕްޓަން، ޕެޓް ކަމިންސް އަށް ނުކުޅެވޭނެކަން އޮސްޓްރޭލިއާ އިން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީ20 ވޯލްޑް ކަަޕްގަައި އޮސްޓްރޭލިއާ އިން ކުޅޭ ފުރަަތަަމަ މެޗު އޮތީ މި މަހު 11 ވަނަ ދުވަހު ސްރީ ލަންކާގެ ކޮލަމްބޯގައި އަޔަލެންޑާ ދެކޮޅަށެެވެ.

މިއަދު ފަށާ ޓީ20 ވޯލްޑް ކަޕްގައި، ޖުމްލަ އެކު، 20 ޓީމު ވާދަކުރެ އެވެ. ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.