Advertisement

މެރިން އެކްސްޕޯއަށް ގޮސް މެރިން ވައިބްގެ ސްޓޯލުން ހޮންޑާ އިންޖީނެއް ހޯދަމާ!

މެރިން އެކްޕޯސްގައި ހުރި މެރިން ވައިބްގެ ސްޓޯލް


މެރިން އެކްސްޕޯއަށް ގޮސް މެރިން ވައިބްގެ ސްޓޯލުން ހޮންޑާ އިންޖީނެއް ހޯދަމާ!

މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި މޯލްޑިވްސް މެރިން އެކްސްޕޯގައި ބައިވެރިވާ މެރިން ވައިބް އިން އާންމުންނަށް ވަރަށް ހާއްސަ އަދި އަގުހުރި ފުރުސަތެއް ހުޅުވާލައިފި އެވެ.

މި ފެބުރުވަރީ 5 އިން 8 އަށް ކުރިއަށްދާ މި އެކްސްޕޯގައި، މެރިން ވައިބްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ހޮންޑާ މެރިންގެ 15 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަގުހުރި އިންޖީނު ކާމިޔާބު ކުރުމަށްޓަކައި އެކްސްޕޯގެ ތެރެއިން ފުރިހަމަކުރަން ޖެހެނީ ވަރަށް ފަސޭހަ ތިން ފިޔަވަޅެކެވެ.

ސްޓޯލަށް ޒިޔާރަތްކޮށް ވައުޗަރު ހޯދުން: އެކްސްޕޯގައި ހުންނަ މެރިން ވައިބްގެ ސްޓޯލްތަކަށް (B40, B41, B42, B43, K44 އަދި K45) ޒިޔާރަތްކޮށް، އެތަނުގައިވާ ކިޔޫއާރު ކޯޑު ސްކޭން ކުރުމަށްފަހު ރެފްލް ވައުޗަރެއް ހޯދާށެވެ.

  • ސޯޝަލް މީޑިއާގައި ފޮލޯކުރުން: މެރިން ވައިބްގެ ފޭސްބުކް ޕޭޖަށް 'ލައިކް' އަދި 'ފޮލޯ' ކުރުމަށް ފަހު، އެ ޕޭޖު 'ޝެއާ' ކުރާށެވެ.
  • ގުރުއަތުގައި ބައިވެރިވުން: ލިބުނު ވައުޗަރުގައި ނަން ލިޔުމަށްފަހު، ސްޓޯލުގައި ހުންނަ ރެފްލް ފޮއްޓަށް ލުމުން ތިޔަ ހުރީ ގުރުއަތުގައި ބައިވެރިވެފައެވެ.

މެރިން ވައިބަކީ ދުނިޔޭގެ މަޝްހޫރު ހޮންޑާ މެރިންގެ އިތުރުން ސޯލް އެޑްވާންސް، ކިކާ އަދި ދަ ކިއު އެކްސްޕީރިއަންސް ފަދަ ބްރޭންޑްތަކުގެ ރާއްޖޭގެ އެޖެންޓެވެ. އެހެންކަމުން، މި އެކްސްޕޯގެ ތެރެއިން މެރިން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އުފެއްދުންތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް ޒިޔާރަތްތެރިންނަށް ލިބިގެންދާނެ އެވެ.

މެރިން އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.