Advertisement

މެރިން އެކްސްޕޯ: މެރިން ވައިބްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން 15 ހޯސްޕަވަރުގެ ހޮންޑާ އައުޓު ބޯޑު އިންޖީނެއް ލިބުމުގެ ފުރުސަތު!


މެރިން އެކްސްޕޯ: މެރިން ވައިބްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން 15 ހޯސްޕަވަރުގެ ހޮންޑާ އައުޓު ބޯޑު އިންޖީނެއް ލިބުމުގެ ފުރުސަތު!

މާދަމާ ފަށާ މޯލްޑިވްސް މެރިން އެކްސްޕޯގައި ބައިވެރިވާ މެރިން ވައިބް އިން އާންމުންނަށް ވަރަށް ހާއްސަ އަދި އަގުހުރި ފުރުސަތެއް ހުޅުވާލައިފި އެވެ.

މި ފެބުރުވަރީ 5 އިން 8 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގައި، މެރިން ވައިބްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ހޮންޑާ މެރިންގެ 15 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަގުހުރި އިންޖީނު ކާމިޔާބު ކުރުމަށްޓަކައި އެކްސްޕޯގެ ތެރެއިން ފުރިހަމަކުރަން ޖެހެނީ ވަރަށް ފަސޭހަ ތިން ފިޔަވަޅެކެވެ. އެއީ؛

  1. ސްޓޯލަށް ޒިޔާރަތްކޮށް ވައުޗަރު ހޯދުން: އެކްސްޕޯގައި ހުންނަ މެރިން ވައިބްގެ ސްޓޯލްތަކަށް (B40, B41, B42, B43, K44 އަދި K45) ޒިޔާރަތްކޮށް، އެތަނުގައިވާ ކިޔޫއާރު ކޯޑު ސްކޭން ކުރުމަށްފަހު ރެފްލް ވައުޗަރެއް ހޯދާށެވެ.
  2. ސޯޝަލް މީޑިއާގައި ފޮލޯކުރުން: މެރިން ވައިބްގެ ފޭސްބުކް ޕޭޖަށް 'ލައިކް' އަދި 'ފޮލޯ' ކުރުމަށް ފަހު، އެ ޕޭޖު 'ޝެއާ' ކުރާށެވެ.
  3. ގުރުއަތުގައި ބައިވެރިވުން: ލިބުނު ވައުޗަރުގައި ނަން ލިޔުމަށްފަހު، ސްޓޯލުގައި ހުންނަ ރެފްލް ފޮއްޓަށް ލުމުން ތިޔަ ހުރީ ގުރުއަތުގައި ބައިވެރިވެފައެވެ.

މެރިން ވައިބަކީ ދުނިޔޭގެ މަޝްހޫރު ހޮންޑާ މެރިންގެ އިތުރުން ސޯލް އެޑްވާންސް، ކިކާ އަދި ދަ ކިއު އެކްސްޕީރިއަންސް ފަދަ ބްރޭންޑްތަކުގެ ރާއްޖޭގެ އެޖެންޓެވެ. އެހެންކަމުން، މި އެކްސްޕޯގެ ތެރެއިން މެރިން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އުފެއްދުންތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

މެރިން އެކްސްޕޯ ކުރިއަށްދާނީ މާދަމާއިން ފެށިގެން ހަތަރު ދުވަހަށެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.