Advertisement

ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލައި ކުށް ކުރުވި ދެ މީހުން ހައްޔަރުކޮށްފި

about 2 hours 0


ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލައި ކުށް ކުރުވި ދެ މީހުން ހައްޔަރުކޮށްފި

about 2 hours 0

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކުރީ ހަސަން ނުއާޒު، މ. ނާޒްލީމަންޒިލް، މާލެ، އާއި އަހްމަދު ނައީމް، ވ. ސެޓެލައިޓް، މާލެ، އެވެ. މި މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ފެބްރުއަރީ އެކެއްގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.