about 2 hours 0
ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ޕީއެންސީ
about 2 hours 0
ޖަރުމަނުގެ ޔުނިވާސިޓީއެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި އެ ގައުމަށް ފުރާވަޑައިގަންނަވަނީ އެންމެ ދެ ދުވަހަށް 22 މީހުންގެ ބޮޑު ވަފުދަކާއެކު ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުއިއްޒު ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި ޖަރުމަނަށް ވަޑައިގެންނެވޭނީ އަންގާރަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ. ޖަރުމަނުން އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މުއިއްޒު ޖަރުމަނުގައި ހޭދަ ކުރައްވާނީ ގިނަވެގެން ދެ ދުވަހެވެ. އެކަމަކު އެ ކުރު މުއްދަތަށް ވެސް އެމަނިކުފާނާއެކު 22 އޮފިޝަލުން ހިމެނޭ ޓީމެއް ފުރުމަށް ހަމަޖެހިފައިވާ ކަމަަށް ވެސް މި ނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ބޮޑު ވަފުދަކާއެކު ކުރައްވާ ޖަރުމަނު ދަތުރަށް ބޮޑު ހަރަދެއް ހިނގާނެ އެވެ.
މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމެއް މިހާތަނަށް ސަރުކާރުން ނުބުނެ އެވެ. އެކަމަކު، އަންނަ ހަފުތާގެ ބުދަ ދުވަހު ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި އެމަނިކުފާނު ތަގުރީރެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީ އިން ވަނީ ހާމަކޮށްފަ އެވެ.
މުއިއްޒު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ 'ކްލައިމެޓް ޗޭންޖް ވިތައުޓް ބޯޑާސް؛ ދިވެހިރާއްޖޭގެ ތަޖުރިބާ' މި މައުލޫއަށެވެ. އެ ތަގުރީރުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ގެންގުޅޭ އުސޫލުތަކާއި އެ ދާއިރާއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބިދެވޭނެ މުހިންމު ފިލާވަޅުތަކަށް އެމަނިކުފާނު އަލިއަޅުއްވައިލައްވާނެ އެވެ.
މުއިއްޒުގެ ދަތުރުގައި ޔުނިވާސިޓީގައި ތަގުރީރު ކުރެއްވުމުގެ އިތުރުން އެހެން މަސައްކަތެއް ތާވަލު ކުރެވިފައިވާ ކަމެއް އަދި ނޭނގެ އެވެ.
ނަމަވެސް، ރާއްޖެއިން ރިކޯޑު އަދަދެއްގެ ދަރަނި ދައްކަންޖެހިފައިވާ މި ދަނޑިވަޅުގައި ފައިސާ އާއި އިންވެސްޓްމަންޓާއި އިގްތިސާދާ ގުޅުން ހުރި ބައްދަލުވުމެއްގައި މުއިއްޒު ބައިވެރިވެވަޑައިގަތުން އެކަށީގެންވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment