about 2 hours 0
ލީވާން އަލީ ނާސިރު
މުހައްމަދު މުއިއްޒު (ކ) އަދި ޒާހިރު ހުސައިން (ވ) ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރުކަމުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާދެއްވައިފި އެވެ.
ޒާހިރު މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުއްވުމާ ގުޅިގެން މުހައްމަދު މުއިއްޒު ވަނީ މިއަދު އޭނާއާ ބައްދަލުކުރައްވައި މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޒާހިރަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާއެކުގައި މަސައްކަތް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން ޒާހިރު ކުރެއްވި މަސައްކަތަށް ވެސް މުއިއްޒު ތައުރީފް ކުރެއްވި އެވެ.
ބައްދަލުކުރެއްވުމުގައި ޒާހިރު ވިދާޅުވީ އައިޔޫއެމްއަށް ހިދުމަތް ކުރެއްވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ މަގާމު 2008 ވަނަ އަހަރު އަރުވާފައިވާ ޒާހިރު ދައުލަތަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ހާއްސަ ސިޓީއެއް މުއިއްޒު ވަނީ އަރުއްވާފަ އެވެ.
ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު 2024 ވަނަ އަހަރު އެރުވި ޒާހިރަކީ 49 އަހަރާއި ނުވަ މަސް ދުވަހު ދައުލަތަށް ހިދުމަތްކުރައްވާފައިވާ އަދި ރާއްޖެގެ ތައުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވަފައިވާ ބޭފުޅެކެވެ.
Comment