Advertisement

ފްލެޓްތަކުގެ މަސައްކަތްތައް ހަލުވިކުރުމަށް "ގަވިން" އިން އާ އުސޫލެއް އާންމުކޮށްފި


ފްލެޓްތަކުގެ މަސައްކަތްތައް ހަލުވިކުރުމަށް "ގަވިން" އިން އާ އުސޫލެއް އާންމުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަންއިން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑިތައް ކަސްޓަމަރުންނާ ހަވާލުކުރަމުންދާ މި ދަނޑިވަޅުގައި، އެތަންތަނުގެ އިންޓީރިއާ މަސައްކަތްތައް ހަވާލުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް "ގަވިން" އިން އާ އުސޫލެއް އާންމުކޮށްފި އެވެ.

މި އުސޫލު އެކުލަވާލާފައިވަނީ ގިނަ އަދަދެއްގެ ފްލެޓްތަކުގެ މަސައްކަތް އެއްފަހަރާ ހަވާލުވަމުންދާތީ، ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށާއި މަސައްކަތްތައް ތަރުތީބުން ކުރިއަށް ގެންދިއުމަށެވެ.

ގަވިން އިން ބުނީ ކަސްޓަމަރުންނަށް ތަޅުދަނޑި ލިބުމަށްފަހު އެކަން ކުންފުންޏަށް އެންގުމުން މިން ނެގުމުގެ މަސައްކަތް ޝެޑިއުލް ކުރެވޭނެ ކަމަށާއި މަސައްކަތް ކުރިއަށްދާނެ ވަގުތު ކަސްޓަމަރަށް ވަޓްސްއަޕް މެސެޖެއް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ.

ކުރެހުންތައް ތައްޔާރުކުރުމުގެ މަރުހަލާގައި ކަސްޓަމަރުން ބޭނުންވާ މެޓީރިއަލް އިހްތިޔާރުކުރުމާއި، ކުރެހުމަށް ބަދަލުތައް ގެނައުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ގަވިން އިން ބުންޏެވެ.

ގަވިން އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓްގެ މެޓީރިއަލް ފައިނަލްކޮށް، ޖުމްލަ އަގުގެ 75 ޕަސެންޓު ފައިސާ ދައްކާ ތަރުތީބުންނެވެ.

މަސައްކަތްތަކާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން ގަވިން ޕްރޮޖެކްޓްސް (9348899) ނުވަތަ ކަސްޓަމަ ސާވިސް (9688899) އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެ އެވެ.