Advertisement

މި އަހަރުގެ އީސްޕޯޓްސް ވޯލްޑް ކަޕްގެ އިނާމަށް 75 މިލިއަން ޑޮލަރު

about 2 hours 0


މި އަހަރުގެ އީސްޕޯޓްސް ވޯލްޑް ކަޕްގެ އިނާމަށް 75 މިލިއަން ޑޮލަރު

about 2 hours 0

ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް ވޯލްޑް ކަޕް 2026 ގެ ތާރީހުތަކާއި، މުބާރާތްތަކުގެ ތަފްސީލު އަދި ރެކޯޑް އަދަދެއްގެ ފައިސާގެ އިނާމު އީސްޕޯޓްސް ވޯލްޑް ކަޕް ފައުންޑޭޝަނުން އިއުލާންކޮށްފި އެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުލައި 6 އިން އޮގަސްޓް 23 ގެ ނިޔަލަށެވެ. މުޅި މުބާރާތުގައި ޖުމްލަ 24 ގޭމަކުން 25 މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީޑަބްލިޔޫސީ 2026 ވެގެންދާނީ އީސްޕޯޓްސްގެ ތާރީހުގައިވެސް އެންމެ ބޮޑު ފައިސާ އިނާމު ހުށަހެޅޭ މުބާރާތަށެވެ. މިއަހަރުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 75 މިލިއަން ޑޮލަރެވެ. ނިމިގެން ދިޔަ އަހަރުގެ ޖުމުލަ އިނާމަކީ 70 މިލިއަން ޑޮލަރެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން މި ޕްރައިޒް ޕޫލް ސިފަކޮށްފައި ވަނީ ކުޅުންތެރިންގެ "ދިރިއުޅުން ބަދަލުކޮށްލާ ފަދަ" ބޮޑު އަދަދެއްގެ ގޮތުގައެވެ.

މި ފައިސާ މައިގަނޑު ދެ ބަޔަކަށް ބަހާލެވޭއިރު، އޭގެ ތެރެއިން 30 މިލިއަން ޑޮލަރު ހާއްސަކޮށްފައިވަނީ "ކްލަބް ޗެމްޕިއަންޝިޕް" އަށެވެ. މިއީ އެކި ގޭމްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކްލަބްތަކަށް ދެވޭ އިނާމެކެވެ. މީގެ ތެރެއިން އެއްވަނަ ހޯދާ ކްލަބަކަށް 7 މިލިއަން ޑޮލަރު ލިބޭނެއެވެ. މި ނިޒާމުގެ ދަށުން ގިނަ ގޭމްތަކެއްގައި ވާދަކުރާ ކްލަބްތަކަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ.

މިއަހަރުގެ މުބާރާތަށް އަލަށް އިތުރުކުރި ދެ ގޭމަކީ ފޯޓްނައިޓް އަދި ޓްރެކްމޭނިއާ އެވެ. މި ދެ ގޭމް އިތުރުކޮށްފައިވަނީ ކުރީ އަހަރުތަކުގައި ހިމެނުނު ސްޓާކްރާފްޓު އަދި ރެންސްޕޯޓް އުނިކުރުމަށްފަހުއެވެ.

މުހިންމު ބައެއް މުބާރާތްތަކަށް ބަލާއިރު، ވެލޮރަންޓު މުބާރާތް ޖުލައި 2 އިން 12 އަށް ކުރިއަށްދާނެއެވެ. އަދި ލީގް އޮފް ލެޖެންޑްސް 16 ޓީމާއެކު ޖުލައި 15 އިން 19 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މުބާރާތުގެ ފައިސާގެ އިނާމަށް ކޮންމެ މުބާރާތަކަށް 2 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގައި ހިމެނޭ އެހެނިހެން މަޝްހޫރު ގޭމްތަކުގެ ތެރޭގައި އީއޭ، ޑީޓާ 2، ކައުންސްޓާ ސްޓަރައިކް 2، ބޭންގްބޭންގް، މޯބައިލް ލެޖެންޑްސް، ސްޕޯޓްސް އެފްސީ 26، ޕަބްޖީ ހިމެނެ އެވެ. މީގެ އިތުރުން ސްޓްރީޓު ފައިޓަ 6، ކޯލް އޮފް ޑިއުޓީ، އެޕެކްސް އެލެންޑްސް އަދި ޓެކެން 8 ފަދަ ގޭމުތަކުގެ ވަރުގަދަ ކުރިމަތިލުންތައް މި މުބާރާތުން ފެނިގެންދާނެ އެވެ.