Advertisement

ކޯލް އޮފް ޑިއުޓީ ނިންޓެންޑޯ ސްވިޗަށް ގެނައުމަށް މަސައްކަތް ކުރަނީ

11 ޖޫން 2025 - 09:34 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ކޯލް އޮފް ޑިއުޓީ ނިންޓެންޑޯ ސްވިޗަށް ގެނައުމަށް މަސައްކަތް ކުރަނީ

11 ޖޫން 2025 - 09:34 0

އެކްޓިވިޝަން އިން ނިންޓެންޑޯއާ ގުޅިގެން ކޯލް އޮފް ޑިއުޓީ ސްވިޗަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މި ގޭމް 2025 ވަނަ އަހަރު PC، PS4، PS5، Xbox One އަދި Xbox Series S/X އަށް ނެރުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް، ނިންޓެންޑޯ ސްވިޗް 2 އަށް މި ގޭމް ނެރޭނެކަމަށް ކުރިން އިއުލާނުކޮށްފައެއް ނުވެ އެވެ.

މައިކްރޮސޮފްޓުން 2023 ވަނަ އަހަރު ނިންޓެންޑޯއާ އެކު 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، ކޯލް އޮފް ޑިއުޓީ ސްވިޗަށް ގެނައުމަށް އެކްޓިވިޝަން އިން ނިންޓެންޑޯއާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް މިހާރު ވަނީ ކަށަވަރުކޮށްފަ އެވެ.

އިމޭޖިން ގޭމްސް ނެޓްވޯކް IGN އަށް ދިން ބަޔާނެއްގައި އެކްޓިވިޝަން އިން ބުނީ، ނިންޓެންޑޯގެ ޕްލެޓްފޯމަށް މި ސީރީޒް ގެނައުމަށް އެކުންފުނިން ވައުދުވާ ކަމަށެވެ.

މި ސީރީޒް ނިންޓެންޑޯއަށް ގެނައުމަށް ޕަބްލިޝަރު ވައުދު ވެފައިވީ ނަމަވެސް، ބްލެކް އޮޕްސް 7 ސްވިޗް 2 އަށް ގެނެވޭނެތޯ ނުވަތަ ނޫންތޯ ސާފެއް ނޫނެވެ. 2023 ވަނަ އަހަރު މައިކްރޮސޮފްޓުން ނިންޓެންޑޯއާ އެކު 10 އަހަރުގެ ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކުރީ، އެކްޓިވިޝަން-ބްލިޒާޑް ހޯދުމުގެ މަސައްކަތާ ގުޅިގެން އުފެދުނު އެންޓިޓްރަސްޓް ކަންބޮޑުވުންތައް ކުޑަކުރުމުގެ ގޮތުންނެވެ.

އެކްސްބޮކްސްގެ މައި ކުންފުނިން ސޮނީއާ އެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ކޯލް އޮފް ޑިއުޓީ ގޭމްސް ޕްލޭސްޓޭޝަންގައި ނެރުން ކުރިއަށް ގެންދިއުމަށެވެ.

ކޯލް އޮފް ޑިއުޓީ ބްލެކް އޮޕްސް 7 ތަރައްގީ ކުރަމުންދަނީ ޓްރޭއާޗް އަދި ރެވެން ސޮފްޓްވެއާ އިންނެވެ. މިއީ ކޯޑްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބްލެކް އޮޕްސްގެ ދެ ގޭމް ޖެހިޖެހިގެން ނެރޭ ފަހަރެވެ. މި ގޭމްގެ ވާހަކަ ނުވަތަ ހާދިސާތައް ހިނގަނީ 2035 ވަނަ އަހަރުގަ އެވެ. މިއީ ބްލެކް އޮޕްސް 6 ގެ ހާދިސާތަކަށް 40 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

މި ގޭމްގައި ކުޅުންތެރިންނަށް ބްލެކް އޮޕްސް 2 ގެ މައިގަނޑު ކެރެކްޓަރު ޑޭވިޑް މޭސަންގެ ރޯލު އަދާކުރެވޭނެ އެވެ.

ކޯލް އޮފް ޑިއުޓީގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، "2035 ވަނަ އަހަރު ދުނިޔެ އޮންނާނީ ހަމަނުޖެހުމާއި ނަފްސާނީ ހަނގުރާމައިގެ ތެރޭގައެވެ. ބްލެކް އޮޕްސް 2 އަދި ބްލެކް އޮޕްސް 6 ގެ ހާދިސާތަކަށް ފަހު، ޑޭވިޑް މޭސަން އާއި އޭނާގެ ޓީމުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބިރުވެރިކަން ހަތިޔާރަކަށް ބޭނުންކުރާ ދުޝްމަނަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭނެ." އެވެ.

މި ގޭމާ ބެހޭ އިތުރު ތަފްސީލުތައް މި ހޫނު މޫސުމުގެ ފަހުކޮޅު ހާމަވާނެ އެވެ. ބްލެކް އޮޕްސް 7 2025 ވަނަ އަހަރުގެ ފަހުކޮޅު PC (ސްޓީމް، އެކްސްބޮކްސް PC އެޕް، ބެޓްލް.ނެޓް މެދުވެރިކޮށް)، PS4، PS5، Xbox One އަދި Xbox Series S/X އަށް ނެރެވޭނެ އެވެ.