Advertisement

ދޯނި ބަންޑުން ޖަހާލައިގެން ގެއްލުނީ ދިވެއްސަކާއި ބިދޭސީއެއް

މުދާ އުފުލާ ދޯނި ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެއް


ދޯނި ބަންޑުން ޖަހާލައިގެން ގެއްލުނީ ދިވެއްސަކާއި ބިދޭސީއެއް

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ކ. ވާދޫ ކައިރިން ބަންޑުން ޖަހާލައި "ބަލްމާ 6" ދޯނިން ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:27 ހާއިރު ހިނގި އެ ހާދިސާގައި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.

މުދާ އުފުލާ ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މުދާ އުފުލާ އެ ދޯނި ބަންޑުން ޖަހާލި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އޭގެއިތުރުން އެ ބޯޓުގައި ހުރީ ކޮން ކަހަލަ މުދަލެއްކަން ވެސް މިހާތަނަށް ސާފެއް ނުވެ އެވެ.