Advertisement

ރަޝިޔާގެ ރައީސް ޕުޓިންއަށް އަބްދުއްލަތީފް ފަތްކޮޅު އަރުވައިފި

about 1 hour 0


ރަޝިޔާގެ ރައީސް ޕުޓިންއަށް އަބްދުއްލަތީފް ފަތްކޮޅު އަރުވައިފި

about 1 hour 0

ރަޝިޔާއަށް ރާއްޖެއިން ކަނޑައެޅި ނޮން ރެޒިޑެންޓް އެމްބެސަޑަރު އަބްދުއްރަހީމް އަބްދުއްލަތީފް، ރަޝިޔާގެ ރައީސް ވްލެމިޑިއާ ޕުޓިންއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ހަފުލާ މީގެ ކުރިން ދެ ފަހަރަކު ކެންސަލްވި ކަމަށް އަޑުފެތުރުނެވެ. ރަޝިޔާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަބްދުއްލަތީފް އައްޔަން ކުރަން މަޖިލީހުން ފާސް ކުރީ މާޗް 3، 2025، ގަ އެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމްއަކީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރެވެ. އެ މަގާމަށް އޭނާ އައްޔަން ކުރީ މެއި، 2024، ގަ އެވެ. އޭނާ ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރީ އޭގެ އެއް މަސްދުވަސް ކުރިންނެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރުގެ ހޭދަކުރެއްވުމަށްފަހު އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ.

ރަޝިޔާއަށް ކަނޑައަޅާ ސަފީރު ހަމަޖެއްސިއިރު، މިފަހުން ރަޝިޔާ އާއި ރާއްޖޭގެ ބައެއް ސިޔާސީ ވެރިންނާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމް ރަޝިޔާއަށް ފާޑުވިދާޅުވުމުން، ރަޝިޔާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ވަނީ ރައްދު ދެއްވައިފަ އެވެ.