Advertisement

އިންފަންޓީނޯ އަކީ ބާރު ބޭނުންވާ ހުދުމުހުތާރު މީހެއް: ޕްލެޓިނީ

about 2 hours 0


އިންފަންޓީނޯ އަކީ ބާރު ބޭނުންވާ ހުދުމުހުތާރު މީހެއް: ޕްލެޓިނީ

about 2 hours 0

ޕެރިސް (ޖެނުއަރީ 16) - ފީފާގެ ރައީސަކަށް މިހާރު ހުންނެވި ޖިއާނީ އިންފަންޓީނޯ އަކީ ހުރިހާ ބާރެއް އަތުގެ މުށުތެރެއަށް ލައިގެން ކަންކަން ކުރަން ބޭނުންވާ ހުދުމުހުތާރު މީހަކަށް ވެފައިވާ ކަމަށް ޔުއެފާގެ ކުރީގެ ރައީސް، ފްރާންސްގެ މިޝެލް ޕްލެޓީނީ ބުނެފި އެވެ.

ޕްލެޓިނީ، ޔުއެފާގެ ރައީސަކަށް 2009 އިން 2015 އަށް ހުންނެވިއިރު، އޭނާގެ ޑެޕިއުޓީ އަކީ އިންފަންޓީނޯ އެވެ.

ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި، ޕްލެޓިނީ ވިދާޅުވީ، އިންފަންޓީނޯ އަކީ ދެ ވަނަ އަށް ހުންނަން ރަނގަޅު މީހެއް ކަމަށާއި އެކަމަކު އެއް ވަނަ އަށް ބަހައްޓަން ކަމުދާ ގޮތެއް ފެންނަން ނެތް ކަމަށެވެ.

"އޭނަ (އިންފަންޓީނޯ) ވަރަށް ރަނގަޅަށް ޔުއެފާގައި މަސައްކަތްކުރި، އެކަމަކު، އަބަދުވެސް ވަރަށް ބޮޑު މައްސަލައެއް އޭނަގެ އޮވޭ. އޭނަ ވަރަށް ގަޔާވޭ ފައިސާ އޮންނަ ބާރު ގަދަ މީހުންނާ. އަދި، ފައިސާ ގިނައިން ގެންގުޅޭ މީހުންނާ. އެއީ އޭނާގެ މިޒާޖުގައި ވެސް ހުންނަ ކަމެއް،" ޕްލެޓިނީ ބުންޏެވެ.

މީގެ ކުރިން އިންފަންޓީނޯގެ މަގާމުގެ ގޮތުން މާ ބޮޑު ކަމެއް ނުކުރެވުނު ނަމަވެސް، ފީފާގެ ރައީސަކަށް އައި ފަހުން، ހުރިހާ ބާރުތަކާ އެކު، އޭނާ ވަރަށް ބޮޑަށް ހުދުމުހުތާރު ވެރިއަކަށް ވެފައިވާ ކަމަށް ޕްލެޓިނީ ވަނީ ބުނެފަ އެެވެ.

"މި ކަންކަން ހަގީގަތުގައި ވެފައިވަނީ، ކޮވިޑް-19 އަށް ފަހު،" ޕްލެޓިނީ ބުންޏެވެ.

ފީފާ އިން ފުރަތަމަ ފަހަރަށް ދިން ސުލްހަ އަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ އަގުވަޒަންކުރުމުގެ އިނާމް، ޕީސް ޕްރައިޒް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިނުމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑުއުފުލައިފަ އެވެ.

ޕްލެޓީނީ ބުނީ، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ ދައުރުތަކަށް ވުރެން، މިހާރު ފުޓްބޯޅައިގެ ތެރޭގައި ޑިމޮކްރަސީގެ ކަންކަން ވަރަށް ކުޑަވެފައިވާ ކަމަށެވެ.