Advertisement

ތ. އަތޮޅު ސެމީގެ ފަހު ޖާގަތައް ހިރިލަންދޫ އާއި ގާދިފުއްޓަށް

about 2 hours 0

ގާދިފުށީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ތ. އަތޮޅު ސެމީގެ ފަހު ޖާގަތައް ހިރިލަންދޫ އާއި ގާދިފުއްޓަށް

about 2 hours 0

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތ. އަތޮޅުގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް ތ. ހިރިލަންދޫ އާއި ތ. ގާދިފުށިން ހޯދައިފި އެވެ.

ތ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް އައިއިރު، ފުރަަތަމަަ ދެ މެޗުން މޮޅުވެ، ކޮންމެ ގްރޫޕަކުން ވެސް އެއް ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ، ތިމަރަފުށްޓާއި ކިނބިދޫ އެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗުތަކަށް ބަލާއިރު، ތިމަރަފުއްޓާއި އޮމަދޫ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ވަންދޫ އަތުން ހިރިލަންދޫ މޮޅުވީ 3-1 އިންނެވެ. ގްރޫޕް ބީގައި، ކިނބިދޫން 5-1 އިން ވިލުފުށި ބަލިކުރިއިރު، ބުރުނި އަތުން ގާދިފުށި މޮޅުވީ 3-2 އިންނެވެ.

ތިމަރަފުށިން އަލީ ޝިފާއު (ރޮނާ) ލަނޑު ޖެހިއިރު، އޮމަދޫގެ ލަނޑު ޖެހީ މުހައްމަދު އަލާއު އެވެ. ހިރިލަންދޫގެ އަހުމަދު ސާއިން ސިއްދީގު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ އިސްމާއިލް އަޒުހާން އެވެ. އަދި، ވަންދޫގެ ލަނޑު ޖެހީ އިބްރާހިމް އަޒުހީން އެވެ.

ހިރިލަންދޫގެ ސާއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގްރޫޕްގެ އެއް ވަނަ ތިމަރަފުށިން ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ހިރިލަންދޫ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ދިޔަ އޮމަދޫ އަށް ތިން ޕޮއިންޓް އަދި ފުލުގައި ނިންމި ވަންދޫ އަށް ޕޮއިންޓެއް ލިބިފައިވެ އެވެ.

ކިނބިދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޝާފިއު ހެޓްރިކެއްގެ އިތުރުން، އަލީ ހަމްދޫން ހުސެއިން އާއި ވިިލުފުށީގެ މޫސާ ފަތުހީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވިލުފުށިން މި މެޗުގައި ލަނޑު ޖެހީ އިސްމާއިލް ހާމީ އަހުމަދު އެވެ. ބުރުނި އަތުން ގާދިފުށި މޮޅުވިއިރު، ލަނޑުތައް ޖެހީ ހުސެއިން ޒާހިރު، މުހައްްމަދު ސާހިލް އަދި އަދީބް އަބްދުލްރަހުމާން އެވެ. ބުރުނީގެ ލަނޑުތައް ޖެހީ ހުސެއިން މަމްދޫހު އަހުމަދު އާއި އުސްމާން ޝާން މުހައްމަދު އެވެ.

މި ގްރޫޕުން ކިނބިދޫ އަށް ނުވަ ޕޮއިންޓް ލިބުނުއިރު، ގާދިފުށިން ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ވިލުފުށި ތިން ވަނަ ދިޔައީ ދެ ޕޮއިންޓާ އެކު އެވެ. ފުލުގައި ނިންމި ބުރުންޏަށް ޕޮއިންޓެއް ލިބިފައިވެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިއްޔެ ހަވީރު ކުޅުނު ޅ. އަތޮޅުގެ ދެ މެޗު ވެސް އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. ހިންވަރާއި ކުރެންދޫ އެއްވަރުވިއިރު، އޮޅުވެލިފުއްޓާއި ނައިފަރު ވެސް ވީ އެއްވަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - ހއ. ފިއްލަދޫ - ހއ. ހޯރަފުށި

16:00 - ހއ. ތުރާކުނު - ހއ. ބާރަށް

17:00 - ހއ. އުތީމު - ހއ. މާރަންދޫ

17:00 - ހއ. ވަށަފަރު - ހއ. މުރައިދޫ

--------------------------------------------

20:00 - ފ. ދަރަނބޫދޫ - ފ. ފީއަލި

20:00 - ފ. މަގޫދޫ - ފ. ނިލަންދޫ

21:00 - މ. ނާލާފުށި - މ. ދިއްގަރު

21:00 - މ. ކޮޅުފުށި - މ. މުލައް

22:00 - ހދ. ނޮޅިވަރަންފަރު - ހދ. ނޭކުރެންދޫ

22:00 - ހދ. ފިނޭ - ހދ. ކުމުންދޫ

23:00 - ހދ. ހަނިމާދޫ - ހދ. ނޮޅިވަރަން

23:00 - ހދ. ވައިކަރަދޫ - ހދ. ނައިވާދޫ