about 2 hours 0
ވާދޫ ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
about 2 hours 0
މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ އައްޑޫ ސިޓީ ފައިނަލުގައި ހިތަދޫ އާއި މަރަދޫ ބައްދަލުކުރަން ޖެހުނުއިރު، ގދ. އަތޮޅުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، ވާދޫ އާއި ހޯޑެއްދޫ ޖާގަ ހޯދައިފި އެވެ.
މިއާ އެކު މި ހަތަރު ޓީމަށް ވަނީ ޒޯން ބުރުން ޖާގަ ލިބިފަ އެވެ.
އައްޑޫ ސެމީ ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ފޭދޫ އަތުން ހިތަދޫ މޮޅުވީ 4-2 އިންނެވެ. އަދި، އަނެއް ސެމީ ފައިނަލުގައި މީދޫ އަތުން މަރަދޫ ވަނީ 3-1 އިން މޮޅުވެފަ އެވެ. ގދ. ސެމީގައި، ވާދޫން ވަނީ 6-1 އިން ފިޔޯރީގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި، އަނެއް ސެމީގައި، ހޯޑެއްދޫން މަޑަވެލި ބަލިކުރީ 3-2 އިންނެވެ.
ވާދޫގެ މުުސައްނިފު މުހައްމަދު (މުއްސެ) ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑުތައް ޖެހީ، އަޔާޒް އަހުމަދު (އަޔާ)، އަބްދުﷲ އާހިލް އަލީ، އިބްރާހިމް ޝައުފް މުހައްމަދު، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ފިޔޯރީގެ ލަނޑު ޖެހީ މުހައްމަދު ނާހިލް އެވެ. އަނެއް ސެމީ ފައިނަލުގައި، މަޑަވެލީގެ ޔައިޝް މުސްތަފާ އާއި އަހުމަދު ސިނޫ މަހްމޫދު ލަނޑުތައް ޖެހިއިރު، ހޯނޑެއްދޫ މޮޅުވީ، މުހައްމަދު ލުފާފް އަބްދުﷲ، އަހުމަދު ޝާމިއު އަބްދުލް ގަނީ އަދި ހުސެއިން ޝިފާއު މުހައްމަދުގެ ގޯލުތަކުންނެވެ.
ހިތަދޫ ޓީމުގެ ސަބަޓީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މަރަދޫން މީދޫ ކޮޅަށް ލަނޑުތައް ޖެހީ، ހަސަން ލައުހު، މުހައްމަދު ސަހާއު އަލީ އަދި ހަސަން އަތޫފް އެވެ. މީދޫގެ ހަމައެކަނި ލަނޑު ޖެހީ އަބްުދުﷲ ވިޝާލް އެވެ. ހިތަދޫން ރޭގެ މެޗުގައި ލަނޑުތައް ޖެހީ، މުހައްމަދު ދާނިޝް އިބްރާހިމް، މުހައްމަދު ސަބާހު މަންސޫރު (ސަބަޓީ)، ހާޒިމް ފައުޒީ (ހަތީ) އަދި ފޭދޫގެ ޔޫސުފް ސިދާމް އަލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފޭދޫގެ ލަނޑުތައް ޖެހީ މުހައްމަދު ސަޔަމް ސައީދު އާއި އަލީ ނާފިއު (ކަޅޭ) އެވެ.
އައްޑޫގެ ފައިނަލް މެޗު އޮތީ 18 ވަނަ ދުވަހު އެވެ. އަދި، ގދ. ފައިނަލް އޮތީ 19 ވަނަ ދުވަހު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ޅ. ނައިފަރު - ޅ. އޮޅުވެލިފުށި
16:00 - ޅ. ހިންނަވަރު - ޅ. ކުރެންދޫ
17:00 - ދ. ބަނޑިދޫ - ދ. މާއެނބޫދޫ
17:00 - ބ. ފެހެންދޫ - ބ. ދަރަވަންދޫ
--------------------------------------------
20:00 - ތ. ތިމަރަފުށި - ތ. އޮމަދޫ
20:00 - ތ. ވަންދޫ - ތ. ހިރިލަންދޫ
21:00 - ތ. ކިނބިދޫ - ތ. ވިލުފުށި
21:00 - ތ. ބުރުނި - ތ. ގާދިއްފުށި
22:00 - އދ. އޮމަދޫ - އދ. ކުނބުރުދޫ
22:00 - އދ. ހަންޏާމީދޫ - އދ. މަންދޫ
23:00 - އދ. މަހިބަދޫ - އދ. ފެންފުށި
23:00 - އދ. ދަނގެތި - އދ. މާމިގިލި
Comment