about 10 hours 0
ހައުސިން، ޕްލޭނިން އަދި އެންވަރަމެންޓު މިނިސްޓްރީގައި އަލިފާން ރޯވެފައި -- ފޮޓޯ: އަދަދު
about 10 hours 0
ޑިސެމްބަރު 12، 2024، ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލިވި ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގެ އަދާހަމައެއް ދޭން ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެ އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން އަދަދު އިން ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރަމުންދިޔަ ނަމަވެސް އެ މުއައްސަސާއިން މިކަމާ ގުޅިގެން އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ތިން މިނިސްޓްރީ އަނދައިގެން ދިޔަ ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުގެ އަޕްޑޭޓަކީ ކޮބައިތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ އޭގެ އަޕްޑޭޓެއް ބަލައިލާނެ ކަމަށެވެ.
"ތިޔަ މައްސަލައިގެ އަޕްޑޭޓު ބަލާލައިފައި އަޅުގަނޑު އަޕްޑޭޓެއް ދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ފުލުހުން ދީފައެއް ނުވެ އެވެ.
Comment