Advertisement

ފްރެންޗް ކަޕުން ކެޓިޔަސް އެންރީކޭ ފުއްދާލީ ކުޅުން ރަނގަޅުކަމުގެ ހިތްހަމަޖެހުމާ އެކު

about 2 hours 0


ފްރެންޗް ކަޕުން ކެޓިޔަސް އެންރީކޭ ފުއްދާލީ ކުޅުން ރަނގަޅުކަމުގެ ހިތްހަމަޖެހުމާ އެކު

about 2 hours 0

ޕެރިސް (ޖެނުއަރީ 13) - ފްރެންޗް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ޕެރިސް އެފްސީ އަތުން 1-0 އިން ބަލިވެ، ޕީއެސްޖީ މުބާރާތުން ކެޓި ކަމުގައި ވިޔަސް އެ މެޗުގެ ކުޅުން ރަނގަޅުވުމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޖޮނަތަން އިކޯނޭ، 74 ވަނަ މިނިޓްގައި ޕެރިސް އެފްސީ އަށް ޖަހައިދިން ގޯލާ އެކު، އެ ޓީމުން ވަނީ އެ މެޗުން މޮޅުވެ، ޕީއެސްޖީ ކަޓުވާލައިފަ އެވެ. މި މެޗުގައި ޕީއެސްޖީން 25 ޝޮޓް ފޮނުވާލިއިރު، ހަތް ހަމަލާއެއް ވަނީ ގޯލާ ސީދާވެފަ އެވެ. އަދި، ބައެއް ބޯޅަތައް ދަނޑީގައި ވެސް ޖެހިފައިވެ އެވެ.

މިއީ، މިދިޔަ 20 އަހަރު ތެރޭ ފްރެންޗް ކަޕްގެ ގަދަ 16 އަށް ޕީއެސްޖީ ނުގޮސް ކެޓި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން، އެކަން ދިމާވީ 2014 ވަނަ އަހަރު މޮންޕެލިއޭ އަތުން ކެޓިއިރު އެވެ. މި ފަހަރުގެ މުބާރާތުން ކެޓިޔަސް އެންރީކޭ ބުނީ، ފުޓްބޯޅައިގައި ބައެއް ފަހަރު ކަންކަން ހިނގަނީ އެންމެ ރަނގަޅަށް ވާން ޖެހޭ ގޮތަކަށް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށެެވެ.

"ވަރަށް ފަސޭހަ މި މެޗާ ބެހޭގޮތުން ހަގީގަތުގައި ވާހަކަ ދައްކަން. އަހަރެމެން ވަރަށް ފުރިހަމަ ގޭމެއް މި ކުޅުނީ. ހަމަކައެކަނި ނަތީޖާ މި ގޯސްވީ، ދެން، އޭގެ ވާހަކަ ދައްކައިގެން ބަދަލުވާނެ ކަމެއް ނެތް. އެހެންވީމަ، ދެއްކި ރަނގަޅު ކުޅުމައިގެން ކުރިއަށްދާނީ،" ޕީއެސްޖީ އަށް ފާއިތުވި ދޮޅު އަހަރު ތެރޭ ހަތް ތަށި ހޯދައިދިން އެންރީކޭ ބުންޏެވެ.

މި ސީޒަނުގެ އެއް ތަށި ޕީއެސްޖީ އަށް ގެއްލުމަކީ، ސީޒަނުގައި ކުރިއަށްދިއުމަށް އޮތް ހުރަހެއްގެ ގޮތުގައި ނުފެންނަ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.