Advertisement

ރާއްޖެ ސުޕަ ލީގުގެ ފައިނަލުގައި ލ އަތޮޅުގެ ކުރިމަތިލުމެއް

about 2 hours 0

ގަމުގެ ކުޅުންތެރިން ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު ސްޕޯޓްސް


ރާއްޖެ ސުޕަ ލީގުގެ ފައިނަލުގައި ލ އަތޮޅުގެ ކުރިމަތިލުމެއް

about 2 hours 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާއްޖޭގެ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ލ. އަތޮޅުގެ ދެ ޓީމު ކަމަށްވާ މާބައިދޫ އާއި ގަމުން ކުރިމަތިލާން ޖެހިއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ޖުމްލަ އަށް ޓީމާ އެކު ކުރިއަށްދާ މުބާރާތުގައި އިއްޔެ ހަވީރާއި ރޭ ކުޅެވުނީ ސެމީ ފައިނަލް މެޗުތަކެވެ.

އެ ގޮތުން، ފުރަތަމަ ސެމީ ފައިނަލުގައި އިއްޔެ ހަވީރު ކުުޅުނު މެޗުގައި ށ. ފުނަދޫ އަތުން ލ. މާބައިދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އައި ފުނަދޫގެ މައްޗަށް މަބާއިދޫން ކުރިހޯދީ 25-14، 25-19 އަދި 25-15 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަަކަށް ހޮވުނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ވޮލީ ޓީމުގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު އެވެ.

މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ގަމުން ވަނީ ކ. ހުރާ އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. މި މެޗުގައި، ގަމުގެ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ)ގެ ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، 24-26 އިން ގަމުން ފުރަތަމަ ސެޓު ގެންދިޔަ އެވެ. އެކަމަކު، ހުރާ އިން ދެން ކުޅުނު ސެޓު، 25-11 އިން ގެންގޮސް ހުރާ އިން އުންމީދެއް ހޯދި އެވެ. ގަމުން މޮޅުވީ ދެން ކުޅުނު ދެ ސެޓު، 18-25 އަދި 16-25 އިން ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގަމުގެ މިންވަން މިސް ވިޕާޑާ އެވެ.

މުބާރާތުގެ ލޯ މެޑަލް މެޗުގައި މިއަދު ހަވީރު ހުރާ އާއި ފުނަދޫން ވާދަކުރާއިރު، މިރޭ ފައިނަލުގައި ކުޅޭނީ ގަމާއި މާބައިދޫ އެވެ.