Advertisement

ރާއްޖެ ސުޕަ ލީގުގެ ފުރަތަމަ މޮޅު މާފުއްޓާއި ފުނަދޫ އަށް

5 ޖަނަވަރީ 2026 - 13:24 0

ރާއްޖެ ސުޕަ ލީގުގައި ފުނަދޫ އާއި ގަން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ވީއޭއެމް


ރާއްޖެ ސުޕަ ލީގުގެ ފުރަތަމަ މޮޅު މާފުއްޓާއި ފުނަދޫ އަށް

5 ޖަނަވަރީ 2026 - 13:24 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާއްޖޭގެ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން، ކ. މާފުއްޓާއި ށ. ފުނަދޫ މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ޖުމްލަ އަށް ޓީމާ އެކު އިއްޔެ ފެށި މުބާރާތުގައި، ފުރަތަމަ ދެ މެޗު ވަނީ ކުޅެފަ އެވެ. އެ ގޮތުން، ފުރަތަމަ ކުޅެވުނީ ޕޫލް އޭގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި، މާފުށިން ވަނީ 3-1 ސެޓުން އައްޑޫ ސިޓީ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި، ލ. ގަން އަތުން ފުނަދޫ މޮޅުވީ، 3-2 ސެޓުންނެވެ.

މާފުށިން 25-19 އިން ފުރަތަމަ ސެޓު ގެންދިޔައިރު، އައްޑޫ ސިޓީން ދެ ވަނަ ސެޓު 21--25 އިން ގެންގޮސް އެއްވަރުކުރި އެވެ. އެކަަމަކު، ދެން ކުޅުނު ދެ ސެޓު، 25-07، 25-23 އިން ގެންގޮސް މާފުށި މެޗުން މޮޅުވީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާފުށީގެ ސުގަވާރާ މިޒޫޗީ އެވެ.

ރޭ ކުޅުނު މެޗުން ފުނަދޫން ފުރަތަމަ ސެޓު، 27-25 އިން ގެންދިޔަ އެެވެ. ދެ ވަނަ ސެޓުގައި ގަމުން ކުޅުން ރަނގަޅުކޮށް އެ ސެޓާއޮ ތިން ވަނަ ސެޓު 23-25، 17-25 އިން ގެންދިޔަ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު ގެންގޮސް ފުނަދޫން ވަނީ މޮޅުވެފަ އެވެ. ފުނަދޫން މި ދެ ސެޓު ގެންދިޔައީ، 25-23 އާއި 17-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފުނަދޫ ޓީމުގެ އައިމިނަތު ޝަހާ އެވެ.

މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށް ކުޅޭ މި މުބާރާތުގައި މިއަދު އޮތީ ޕޫލް ބީގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި، ކ. ހުރާ އިން ލ. މާބައިދޫއާ ކުޅޭނެ އެވެ. އަދި، ދެ ވަނަ މެޗުގައި، ދ. މާއެނބޫދޫން ބައްދަލުކުރާނީ މާލެ ސިޓީއާ އެވެ.