Advertisement

ހިލޭ ޑިގްރީ: 6،640 ދަރިވަރުން ދަސްވެނިވި، 301 މިލިއަން ރުފިޔާ ދޫކޮށްފި

12 ޖަނަވަރީ 2026 - 11:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގްރެޖުއޭޝަން ރަސްމިއްޔާތެއްގެ ތެރެއިން: ހިލޭ ޑިގްރީ ވާ 6،640 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައި


ހިލޭ ޑިގްރީ: 6،640 ދަރިވަރުން ދަސްވެނިވި، 301 މިލިއަން ރުފިޔާ ދޫކޮށްފި

12 ޖަނަވަރީ 2026 - 11:39 0

ފުރަތަމަ ޑިގްރީ (ބެޗްލާސް ޑިގްރީ) ހަދާ ދަރިވަރުންގެ ކޯސް ފީ ދައުލަތުން ދައްކާ ގޮތަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރުގެ ނިޔަލަށް 6،640 ދަރިވަރުން ދަސްވިނިވިއިރު، ޖުމްލަ 301.66 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް ހިލޭ ޑިގްރީގެ ދަށުން ދަސްވެނިވި 6،640 ދަރިވަރުންގެ ތެރެއިން 4،370 ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމަށެވެ. ބާކީ 2،270 ދަރިވަރުންނަކީ ފިރިހެން ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގައި މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 5،863 ދަރިވަރުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ 3،765 އަންހެން ދަރިވަރުންނާއި، 2،098 ފިރިހެން ދަރިވަރުންނެވެ.

މީގެއިތުރުން މިދިޔަ އަހަރު އެކަނި ހިލޭ ޑިގްރީއަށް 2،798 ދަރިވަރުން ރަޖިސްޓްރީކުރިއިރު، 3،286 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އޭގެ ތެރެއިން ރަޖިސްޓްރީވި ދަރިވަރުންނާއި ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންނެވެ.

ހިލޭ ޑިގްރީއަށް މިދިޔަ އަހަރު އެކަނިވެސް ވަނީ 151.30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެއިތުރުން ސްކީމްގެ ދަށުން މިވަގުތު 8،680 ދަރިވަރުން ދަނީ މަތީ ތައުލީމް ހާސިލުކުރަމުންނެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަކީ މިދިޔަ ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވަ އެވެ.

މީގެއިތުރުން ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯނުގައި މިވަގުތު 36 ގައުމުގައި 1،740 ދަރިވަރުން ކިޔަވަމުންދާއިރު، މިދިޔަ އަހަރު 548،16 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެއިތުރުން ސްޓޫޑެންޓް ލޯނަށް މިހާތަނަށް ޖުމްލަ 1.24 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ސްކޮލާޝިޕަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި 602 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެގޮތުން މިހާތަނަށް 471.08 މިލިއަން ރުފިޔާ ސްކޮލާޝިޕަށް ދޫކުރިއިރު، މިދިޔަ އަހަރު އެކަނި 222.17 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.