about 9 hours 0
ލީވާން އަލީ ނާސިރު
ޔޫސުފް ޝަފީއު (ކ) އަދި އާދަމް އަދީމް (ވ): މައްޗަންގޮޅި އުތުރުގެ ޕީއެންސީ ޕްރައިމަރީގައި ވާދަކޮށް ޕްރައިމަރީ ކާމިޔާބުކުރީ އަދީމް
about 9 hours 0
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލޯކަލް ކައުންސިލް އިންތިހާބު 2026 ގެ ޕްރައިމަރީގައި މައްސަލަ ބޮޑުވި މައްޗަންގޮޅި އުތުރު ދާއިރާގެ ފޮށިން އެންމެ ވޯޓަކުން ޔޫސުފް ޝަފީއު (ޔޫއްޕެ) ބަލިކޮށް އާދަމް އަދީމް ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓުން ވާދަކުރި އޭވެ. އެއީ އާދަމް އަދީމް އާއި ޔޫސުފް ޝަފީއު އާއި އިމްތިޔާޒް މުހައްމަދު އަދި ހުސައިން އިސްހާގެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީން ކުރަމުންދާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އަދަދު އަށް ވިދާޅުވީ އެ ޕްރައިމަރީ އަދީމް ކާމިޔާބުކުރީ 58 ވޯޓުން ކަމަށާއި އޭނާއާ އެންމެ ގާތުން ވާދަކުރި ޔޫއްޕެއަށް ލިބުނީ 57 ވޯޓު ކަމަށެވެ.
މިދިޔަ މަހު 27، ގައި ބޭއްވި އެ ޕްރައިމަރީގައި ދެން ވާދަކުރި ހުސައިން އިސްހާގަށް 25 ވޯޓު ލިބުނުއިރު، އިމްތިޔާޒް މުހައްމަދަށް ލިބުނީ 20 ވޯޓު ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
ޕީއެންސީގެ ޕްރައިމަރީގެ ތެރެއިން އެންމެ ހޫނުވީ މައްޗަންގޮޅި އުތުރު ދާއިރާގެ އުތުރު ދާއިރާގައި ބެހެއްޓި ވޯޓު ފޮށި ގުނި ވަގުތެވެ. އެގޮތުން އެތަނުގައި ހިނގި ހަމަނުޖެހުންތަކާއެކު ވޯޓު ގުނުން ހުއްޓުނެވެ.
މިގޮތުން ޕީއެންސީގެ ޕްރައިމަރީގެ ވޯޓުގެ ނަތީޖާ އިއުލާންކުރިއިރު އެ ވޯޓު ފޮށީގެ ނަތީޖާ އިއުލާންކޮށްފައެއް ވެސް ނުވެ އެވެ. ނަތީޖާ ހާމަކުރީ އަދަދު އިން ޕީއެންސީއަށް ގުޅައި މައުލޫމާތު ސާފުކުރުމުންނެވެ.
ޔޫއްޕެ ޕީއެންސީއާ ގުޅުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 1، ގައި ޕީއެންސީން ބޭއްވި ޖަލްސާއެއްގަ އެވެ. އޭގެ ކުރިން ޔޫއްޕެ ވަނީ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއަށް ވެސް ސޮއިކޮށްފަ އެވެ.
ޕްރައިމަރީގެ ނަތީޖާ: https://pnc.mv/media-centre/announcements/5
Comment