Advertisement

ސިޓީ އަށް 10 ލަނޑުގެ މޮޅެއް، އާ ކޯޗާ އެކު ޗެލްސީ ފެށުން ރަނގަޅު

about 9 hours 0


ސިޓީ އަށް 10 ލަނޑުގެ މޮޅެއް، އާ ކޯޗާ އެކު ޗެލްސީ ފެށުން ރަނގަޅު

about 9 hours 0

މެންޗެސްޓާ (ޖެނުއަރީ 11) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި، ރޭ އެކްސެޓާ ސިޓީ އަތުން މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި 10-1 އިން މޮޅުވިއިރު، އާ ކޯޗު ލިއަމް ރޮސެނިއާގެ އިރުޝާދުގެ ދަށުން ޗެލްސީން ކުޅުނު މެޗުގައި، 5-1 އިން ޗާލްޓަން އެތުލެޓިކް އަތުން މޮޅުވެއްޖެ އެވެ.

މިއީ، 1987 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ހަޑްސްފީލްޑް ޓައުން އަތުން މޮޅުވި ފަހުން، ސިޓީން ރަސްމީ މެޗެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ. އެ ފަހަރު، ސިޓީން ހަޑްސްފީލްޑް އަތުން މޮޅުވީ ވެސް 10-1 އިންނެވެ. މިއީ، ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީން މެޗެއްގައި 10 ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ދާދި ފަހުން، 68 މިލިއަން ޑޮލަރުގެ ޑީލެއްގައި، ސިޓީ އަށް ސޮއިކުރި ގާނާގެ ފޯވާޑް، އެންޓޮއިން ސެމެންޔޯ ވަނީ ރޭގެ މެޗުގައި ލަނޑެއް ޖެހުމުގެ އިތުރުން ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ރޭގެ މެޗުގައި ސިޓީ އަށް ތަފާތު އަށް ކުޅުންތެރިން ވަނީ ގޯލު ޖަހައިދީފަ އެވެ. ސިޓީގެ ރިކޯ ލެވިސް ދެ ގޯލު ޖެހިއިރު، އެކްސެޓާގެ ޑޮއިލް-ހޭސް އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވެ އެވެ.

އެފްއޭ ކަޕްގައި ރޭ ޗެލްސީން ޗާލްޓަން ކޮޅަށް ލަނޑުތައް ޖެހީ، ޖޮރެލް ހަޓޯ، ޓޮސިން އަޑަރަބިއޯޔޯ، މާކް ގުއިއޫ، ޕެޑްރޯ ނެޓޯ އަދި އެންޒޯ ފެނާންޑޭޒް އެވެ. އަދި، ޗާލްޓަންގެ ހަމައެކަނި ލަނޑު ޖެހީ، މައިލްސް ލިއަބާން އެވެ.

އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްރިސްޓަލް ޕެލަސް މުބާރާތުން ކެޓީ ހަ ވަނަ ޑިވިޝަނުގެ، މެކްލެސްފީލްޑް ޓައުން އަތުން 2-1 އިން ބަލިވުމުންނެވެ. މެކްލެސްފީލްޑް އޮތީ އިނގިރޭސި ލީގު ސިސްޓަމް ރޭންކިން އަށް ބަލާއިރު، ޕްރިމިއާ ލީގުގައި ކުޅޭ ޕެލަސް އަށް ވުރެން 117 ދަރަޖަ ފަހަތުގަ އެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑުން ޕެނަލްޓީ ޖަހައިގެން ބޯންމައުތު ބަލިކުރި އެވެ. އަދި، އެވަޓަން އަތުން ސަންޑަލެންޑް މޮޅުވީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ. އަދި، ވްރެކްސަމް އަތުން ނޮޓިންހަމް ފޮރެސްޓް ވެސް ވަނީ ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެެވެ.