Advertisement

ޖަރުމަނުގައި އުޅޭ ޕާކިސްތާން ކުޅުންތެރިންނަށް އަމިއްލަ ގައުމަށް ކުޅެން ފަސޭހައެއް

about 16 hours 0


ޖަރުމަނުގައި އުޅޭ ޕާކިސްތާން ކުޅުންތެރިންނަށް އަމިއްލަ ގައުމަށް ކުޅެން ފަސޭހައެއް

about 16 hours 0

ލާހޯރް، ޕާކިސްތާން (ޖެނުއަރީ 10) - ޕާކިސްތާން ސަރުކާރުން، ޖަރުމަނުގެ ރައްޔިތުންނަށް ޕާކިސްތާންގެ ރައްވެހިކަން ވެސް ލިބޭ ގޮތަށް، ޑުއަލް ސިޓިޒެންޝިޕް އުސޫލެއް އެކުލަވާލުމާ އެކު، ޖަރުމަނުގައި ދިިރިއުޅޭ ޕާކިސްތާން ދަރިކޮޅުގެ ކުޅުންތެރިންނަށް އަމިއްލަ ގައުމަށް ކުޅެން ފަސޭހަވެއްޖެ އެވެ.

ޕާކިސްތާން ސަރުކާރުން އެ ގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ޖަރުމަނުގެ ރައްޔިތުންނަށް ޑުއަލް ސިޓިޒެންޝިޕް ދޭން ނިންމީ، ޕާކިސްތާންގެ ކުޅިވަރު އެސޯސިއޭޝަންތަކާ ވެސް މަޝްވަރާކޮށްފަ އެެވެ.

ޕާކިސްތާނަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން އެހެން ކުޅިވަރުތަރިން ވެސް ޖަރުމަނުގެ އެކި ލެވަލްގެ މުބާރާތްތަކުގައި ކުޅެ އެވެ.

ޕާކިސްތާން ސަރުކާރުން ވަނީ ޑުއަލް ސިޓިޒެންޝިޕް އެއްބަސްވުން 22 ގައުމަކާ އެކު ހަދައިފަ އެވެ. އެއީ، އޮސްޓްރޭލިއާ، ބަހްރެއިން، ބެލްޖިއަމް، ކެނަޑާ، ޑެންމާކް، މިސްރު، ފިންލެންޑް، ފްރާންސް، ޖަރުމަނު، އައިސްލެންޑް، އަޔަލެންޑް، އިޓަލީ، ޖޯޑަން، ލަގްޒެމްބޯ، ނެދަލެންޑްސް، ނިއު ޒީލެންޑް، ނޯވޭ، ސްވިޑެން، ސްވިޒަލެންޑް، ސީރިއާ، އިންގްލެންޑް އަދި އެމެރިކާ އެވެ.

މި ގައުމުތަކުގައި ވަޒަންވެރިވެފައިވާ ޕާކިސްތާންގެ ދަރިކޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް އެކި ކުޅިވަރުތަކުގައި ޕާކިސްތާން ގައުމީ ޓީމަށް އަންނަނީ ކުޅެމުންނެވެ.