4 މާރިޗު 2025 - 17:38 0
4 މާރިޗު 2025 - 17:38 0
އިސްލާމްއާބާދު، ޕާކިސްތާން (މާޗް 4) - ފީފާ އިން އެންގި ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނެސް، ޕާކިސްތާނުން ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެއްޖެ އެވެ.
އަށް އަހަރު ތެރޭ ތިން ވަނަ ފަހަރަށް ފީފާ އިން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކުރީ މިދިޔަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގަ އެވެ.
އެންމެ ފަހުން، ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރީ، ފީފާގެ އިތުރުން، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީ ލަފާ ދިން ގޮތަށް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގާ ގަވާއިދު ބަދަލުކުރަން ދެކޮޅު ހެދުމުންނެވެ.
ނޯމަލައިޒިން ހާލަތަށް ގެނެސްފައި އޮތް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނަށް އޭއެފްސީ އާއި ފީފާ އިން ލަފާދީފައި އޮތީ، އެ ފެޑެރޭޝަންގެ އިންތިހާބު ބޭއްވުމުގެ، އިލެކްޓޯރަލް ކަންކަން، ދެފުށްފެންނަ ކުޅިވަރުގެ ރޫހާ އެއްގޮތްވާ ގޮތަށް އެކުލަވާލުމަށެވެ. އެކަމަކު، ޕާކިސްތާނުން އެކަން އެ ގޮތަށް ނުކޮށް، ނުފޫޒު ފޯރުވޭނެ ގޮތަށް ހިންގާ ގަވާއިދު ބައްޓަން ކުރަން ގަސްދުކޮށް، އަމަލުކުރާތީ ފީފާ އިން ނިންމީ ސަސްޕެންޑް ކުރާށެވެ.
ފީފާގެ ސަސްޕެންޝަން އައުމާ އެކު، ނޯމަލައިޒިން ކޮމިޓީ އާއި ސަރުކާރުގެ އޮފިޝަލުން އަދި، މެމްބަރު ކްލަބްތަކުން ބައްދަލުވުންތަކެއް ބާއްވައި، ފީފާ އާއި އޭއެފްސީން ލަފާދީފައި އޮތް ގޮތަށް އަސާސީ ގަވާއިދު ބަދަލުކޮށް، ހުރިހާ މެމްބަރުންގެ ބައިވެރިވުމާ އެކު ފާސްކުރީ އެވެ.
ފީފާ އިން 2021 ވަނަ އަހަރު އޭޕްރީލް މަހު، ޕާކިސްތާން ސަސްޕެންޑްކުރުމަށް ފަހު، އޭގެ އެއް އަަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، 2022 ވަނަ އަހަރުގެ ޖޫން މަހު، ސަސްޕެންޝަން އުވާލައި، ނޯމަލައިިޒިން ކޮމިޓީއެއްގެ ދަށަށް ގެނެސް، އެތައް ފަހަރަކު މުއްދަތު އިތުރުކޮށްދީގެން ވެސް ފީފާ އިން ބޭނުންވާ ބަދަލު ނާއުމުން، އެންމެ ފަހުން މި ނިންމީ ސަސްޕެންޑް ކުރުމަށެވެ. މި ފަހަރު ސަސްޕެންޝަން އުވާލުމަށް ފަހު، ފީފާ އިން ވަނީ ރަނގަޅަށް ކަންކަން ހިންގަން އަންގައިފަ އެވެ.
Comment